އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެހީ ރިޕޯޓް: ފަރުހީން ގެ ހެދިބޮޑުވުން، ތިޔަ ބޭފުޅުންގެ އަތް މަތީގައި! އެހީތެރިވެދެއްވާ!

އެހީ ރިޕޯޓް: ފަރުހީން ގެ ހެދިބޮޑުވުން، ތިޔަ ބޭފުޅުންގެ އަތް މަތީގައި! އެހީތެރިވެދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 55 ސިކުންތު

އުމުރުން އެންމެ ފަސް އަހަރުގެ މަރިޔަމް ފަރުހީން އަކީ ހަތް ކުދިންގެ އާއިލާއެއްގައި ހިމެނޭ ހަމައެކަނި އަންހެން ކުއްޖެކެވެ.

މައިންބަފައިންގެ އިތުރުން އާއިލާގެ އެންމެންގެ ލޯބި ލިބެމުން އައި ފަރުހީން އަކީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަވަސް އަވަހަށް ބަލިވާ، އެހެން ނަމަވެސް ނުހަނު ހިތްވަރުގަދަ ކުއްޖެކެވެ. މައިންބަފައިންނަކީ ދެ ކެރިއަރުން ކަމުގައިވީ ހިނދު، ފަރުހީން އަށް އައީ އެންމެ ކުޑައިރުން ފެށިގެން ވެސް އެކި ކަހަލަ ސިއްޙީ މައްސަލަތައް ކުރިމަތިވަމުންނެވެ.



ފަރުހީން ގެ ބަލިހާލަތާއި ބެހޭ ގޮތުން "މިއަދުނޫހަށް" މައުލޫމާތު ދެމުން އޭނާގެ މަންމަ އާމިނަތު ނަސްވާ ބުނީ ފަރުހީން އަކީ ވަރަށް އަވަސް އަވަހަށް ހުން އަންނަ ކުއްޖެއް ކަމަށާއި ކުއްޖާ ހެދިބޮޑުވުމުގަައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"އޭނާއަށް މިހާރު ފަސް އަހަރު. އެކަމަކު ހީވާނީ އެއް އަހަރުގެ ކުއްޖެއްހެން. ވަރަށް އަވަސް އަވަހަށް ބަލިވެސް ވާނެ އެންމެ ކުޑައިރުން ފެށިގެން ވެސް. ހުން އައުމާއި ކަންކަން ވާނެ. ދެން ހެދިބޮޑުވެސް ނުވާތީއާއި އެކީ އަޅުގަނޑުމެން ޑޮކްޓަރަށް ދެއްކީ. ދެއްކީމަ އެނގުން ހިތުގަ ލޯވަޅެއް އިންކަން ވެސް. އެކަންތައް މިހާރު ރަނގަޅު" ފަރުހީން ގެ ބަލިހާލަތު ކިޔައިދެމުން ނަސްވާ ބުންޏެވެ.

ހެދިބޮޑުވުމުގެ މައްސަލަ ހުރުމުގެ ސަބަބުން، ފަރުހީން ގޮވައިގެން ދެން އޭނާގެ މައިންބަފައިން މިއަހަރުގެ އޯގަސްޓު މަހު ތެރޭގައި ދިޔައީ އިންޑިއާ އަށެވެ. އިންޑިއާ އަށް ގޮސް އިތުރަށް ޓެސްޓުތަކެއް ހެދުމުން، ޑޮކްޓަރުން ވެސް ކަށަވަރު ކޮށްދިނީ، ހެދިބޮޑުވުމުގެ މައްސަލަ ހުރިކަމަށާއި އަވަހަށް ބޭސް ނުކޮށްފިނަމަ ކުދިބޮޑު ކުއްޖަކަށް (ޑްވާފް ކުއްޖަކަށް) ފަރުހީން ވެދާނެ ކަމަށެވެ.

"ޑޮކްޓަރުން ބުނި ކުދިބޮޑު ކުއްޖަކަށް ވެދާނެ ކަމަށް. އެހެން ވުމުން ދަރިފުޅު ސަލާމަތް ކުރަން ބޭނުންނަމަ ޖެހެނީ ހޯމޯނަލް އިންޖެކްޝަނެއް ޖަހަން" ނަސްވާ ބުންޏެވެ.

ފަރުހީންގެ ގަޔަށް ޖަހަން ޑޮކްޓަރުން އިރުޝާދު ދީފައިވާ ހޯމޯނަލް އިންޖެކްޝަނަކީ އެކުއްޖާގެ އުމުރުން 12 އަހަރު ވަންދެން ކޮންމެ ދުވަހަކު ޖަހަން ޖެހޭ އިންޖެކްޝަނެކެވެ. އަދި އިންޖެކްޝަނެއްގެ އަގަކީ ދިވެހި ރުފިޔާއިން ނަމަ 12،000 ރުފިޔާއެވެ.

ނަސްވާ ބުނިގޮތުގައި އޭނާގެ ފިރިމީހާ (ފަރުހީންގެ ބައްޕަ) މަސައްކަތް ކުރަނީ އެއާޕޯޓުގައެވެ. އާއިލާގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރަނީ ފަރުހީން ގެ ބައްޕަ އެކަންޏެވެ. އެހެންކަމުން 12 އަހަރު ވަންދެން ކޮންމެ ދުވަހަކު 12000 ރުފިޔާގެ އިންޖެކްޝަނެއް ގަނެގެން ޖެހުމަށް، އެއާއިލާގެ މާއްދީ ހާލަތު ތަން ނުދެއެވެ.

"އާސަންދައިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެހީތެރިވެދޭ. މިއަހަރުގެ ނޮވެމްބަރ މަހުގެ 27 ގެ ކުރިން އަނެއްކާވެސް އިންޑިއާ އަށް ދާން ޖެހޭ ފަރުހީން ގޮވައިގެން. އެކަން މިހާރުވާނީ އެންސްޕާ އަށް ވެސް އަންގާފަ. ވާނެ ގޮތަކީ، އާސަންދައިން އެހީތެރިވެދެއްވިޔަސް، އެހާ ދިގުމުއްދަތަކަށް ބޭސް ފަރުވާ ކުރަން ޖެހޭއިރު، އެކޮޅުގައި ހުރުމާއި ކެއުން ވެސް އަޅުގަނޑުމެން ޖެހޭނެ ދެއްތޯ ހަމަޖައްސަން. އާސަންދައިން ހަމައެކަނި ދެނީ ބަލިމީހާގެ ބޭސްފަރުވާގެ ޚަރަދުތައް" ނަސްވާ ބުންޏެވެ.

ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައިވާ އުމުރުން ފަސް އަހަރުގެ މަރިޔަމް ފަރުހީން އަށް އެހީތެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ބީއެމްއެލް އެކައުންޓު ނަންބަރު 7730000190827 (އައިމިނަތު ނަސްވާ) އަށް ފައިސާ ޖަމާ ކޮށްދެއްވުން އެދެމެވެ.
ފަރުހީން އާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7393095 ނަންބަރު ފޯނާއި ގުޅުއްވާ މައުލޫމާތު އޮޅުން ފިލުވުން އެދެމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ