އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންނަށް 18 އަހަރުވުމުން ނެގޭ ގޮތަށް އެކައުންޓުގައި ހުންނަ ފައިސާއިން ވެސް ނިޞާބު ހަމަވުމުން ޒަކާތް ދައްކަން ޖެހޭނެ: ޝައިޚް ޝާފިޢު

ދަރިންނަށް 18 އަހަރުވުމުން ނެގޭ ގޮތަށް އެކައުންޓުގައި ހުންނަ ފައިސާއިން ވެސް ނިޞާބު ހަމަވުމުން ޒަކާތް ދައްކަން ޖެހޭނެ: ޝައިޚް ޝާފިޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

"ކުޑަކުދިންގެ ނަމުގައި ބޭންކުގައި ހުޅުވާފައި ހުންނަ އެ ކުއްޖާއަށް 18 އަހަރު ނުފުރެނީސް އެ އެކައުންޓުގައި ހުންނަ ފައިސާ ނުނެގޭ އެކައުންޓުގައި ހުންނަ ފައިސާއިން ޒަކާތް ދައްކަން ޖެހޭނެތޯ؟"

މި ސުވާލުގެ ޖަވާބުގައި ޝައިޚް ޝާފިޢު ވިދާޅުވީ:

"އެކައުންޓުން ފައިސާ ނެގެނީ ކުއްޖާގެ އުމުރުން 18 އަހަރު ފުރުމުން ނަމަވެސް އެފައިސާގެ ނިޞާބު ހަމަވުމުން (މިހާރަށް ބަލައިފިނަމަ 4861 ރުފިޔާ އެކައުންޓުގައި ހަމަވުމުން) ހިޖުރީ ގޮތުން އެއް އަހަރު ފުރިއްޖެނަމަ އެ ފައިސާއިން ޒަކާތް ދައްކަން ޖެހޭނެއެވެ.

މިގޮތުން ކޮންމެ އަހަރަކުވެސް ޒަކާތް ދައްކަން ޖެހޭނެއެވެ. ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ އެއިރަކު ހުރި އަދަދެއްގެ 2.5 އިންސައްތައެވެ."

ޝައިޚް ޝާފިޢުގެ ބަސްފުޅުން އެނގެނީ އެކައުންޓުން ފައިސާ ނެގެނީ ކުއްޖާގެ އުމުރުން 18 އަހަރު ފުރުމުން ނަމަވެސް މުދަލު ޒަކާތް ދައްކަން ޖެހޭ ނިޞާބު ހަމަވެ އަހަރުވުމުން ކޮންމެ އަހަރަކުވެސް ޒަކާތް ދައްކަންޖެހޭނެ ކަމެވެ. އަދި ދައްކަންޖެހޭނީ އެއިރަކު ހުރި އަދަދުން ކޮންމެ 100 ރުފިޔާއަކުން 50/2 ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް