އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ލާދީނީ" އިނގިރޭސިވިލާތުން ފަތިސް ނަމާދަށް ދާ ކުދިންނަށް ބައިސްކަލް ބަހަނީ - "ދީނީ" ރާއްޖޭގަ ކުރަނީ ކޮންކަމެއް؟

"ލާދީނީ" އިނގިރޭސިވިލާތުން ފަތިސް ނަމާދަށް ދާ ކުދިންނަށް ބައިސްކަލް ބަހަނީ - "ދީނީ" ރާއްޖޭގަ ކުރަނީ ކޮންކަމެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ފަތިސް ނަމާދުކުރުމަށް ހިއްވަރު ދިނުމުގެ ގޮތުން ވިދިވިދިގެން 40 ފަތިސް ނަމާދުކުރި ދަރިވަރުންނަށް ބައިސްކަލް ބަހައިފި އެވެ. 520 ކުދިންނަށް ބައިސްކަލް ލިބުނު މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ތުރުކީގެ ވެރިރަށް އިސްތަންބޫލްގެ ސުލްޠާން ސަލީމް މިސްކިތުގެ ފަރާތުންނެވެ.

މިޞުރުގެ މިސްކިތަކުން ޤަވާއިދުން ފަތިސް ނަމާދަށްދާ 10 އަހަރާއި 14 އަހަރާއި ދެމެދުގެ 1000 ކުދިންނަށް މައުންޓަން ބައިސްކަލް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިހާރުވެސް ކުރިއަށް އެބަ ގެންދެއެވެ.

އިނގިރޭސި ވިލާތުގެ ބަރމިންހަމްގެ މިސްކިތަކުން ވެސް ވަނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 28 ވަނަ ދުވަހަށް މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. 16 އަހަރުން ދަށަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ކޮންމެ ރެއެއްގެ ފަތިސް ނަމާދަށްފަހު އިމާމް ދެއްވާ ކުރު ދީނީ ނަޞޭޙަތްކޮޅެއް އަޑުއަހަންޖެހޭ ގޮތަށެވެ.

ކުދިން ފަތިސް ނަމާދަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވަނީ މައިންކަންވެސް ބައެއް ޚަބަރުތަކުގައި ވަނީ ފާހަގަކޮށްފައެވެ.



މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިކުރާ ކުދިންގެ އުމުރު 10 އަހަރުން ފަށަނީ 10 އަހަރުވުމުން ކުއްޖާގެ މައްޗަށް ނަމާދުކުރުން ވާޖިބުވާތީ ރަނގަޅު ބިންގަލެއް އެޅުމަށް ހިއްވަރު ދިނުމުގެ ގޮތުންނެވެ.

"މުނާފިޤުންނަށް ކުރަން އެންމެ އުނދަގޫ ދެ ނަމާދަކީ އިޝާ ނަމާދާއި ފަތިސް ނަމާދު" ކަން ހަދީޘުން އެނގެން އޮތްއިރު ރާއްޖޭގައިވެސް ފަތިސް ނަމާދަށް ދަނީ ވަރަށް މަދު މީހެކެވެ. ފަތިސް ނަމާދުގައި މިސްކިތްތަކަށް ލިބޭ ފަޅުކަން ފިލުވައިލެވޭނީ ފަތިސް ނަމާދު ކުރާނެ ބައަކު އުފެއްދިގެންނެވެ. ޙަދީޘްގައި ވަނީ އެދެ ނަމާދުގައި ހުރި ސަވާބު އެނގޭނަމަ ފިރުކިފައި ނަމަވެސް ނަމާދަށް ދާނެ ކަމަށެވެ.

ޚަބަރާއި ގުޅުންހުރި ޔޫޓިޔުބް ލިންކެއް:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް