އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފާއިތުވި އަހަރުގެ ފާފަ ފުއްސަވަން އެދޭ މީހާ އާޝޫރާ ދުވަހު ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރުމުގެ މުހިންމުކަން ވަރަށް ބޮޑު!

ފާއިތުވި އަހަރުގެ ފާފަ ފުއްސަވަން އެދޭ މީހާ އާޝޫރާ ދުވަހު ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރުމުގެ މުހިންމުކަން ވަރަށް ބޮޑު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

"އާޝޫރާ ދުވަހާއެކު އެއިގެ ކުރިން ދުވަހެއް ނުވަތަ ފަހުން ދުވަހަކު ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރާށެއެވެ.

އާޝޫރާ ދުވަހު ރޯދަ ހިފައިފި މީހެއްގެ ފާއިތުވި އަހަރުގެ ފާފަތައް ފުއްސަވައިދެއްވަވާނެ ކަމަށް އުންމީދު ކުރައްވަވާ ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘް ކުރައްވަވާފައިވެއެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގެނީ މިއަހަރުގެ އާޝޫރާ ދުވަސްކަމަށްވާ މިމަހުގެ 20 ވަނަ ދުވަހު (ބުރާސްފަތި ދުވަހު) ރޯދަ ހިފަން އެދޭމީހާ ހަމައެކަނި އެދުވަހު ރޯދަ ހިފުމުން ނުފުދޭނެ ކަމެވެ. އެދުވަހާއި ގުޅުވައިގެން އެދުވަހުގެ ކުރިއަށް ނުވަތަ ފަހަތަށް އެއް ދުވަހު ރޯދަހިފަން ޖެހޭނެ ކަމެވެ. އަދި އެ ދެދުވަހު ރޯދަ ހިފަން ގަދައަޅައި މަސައްކަތް ކުރުމުގެ މުހިންމު ކަމެވެ.

ކޮންމެ މީހަކީވެސް ގިނަ ފާފަތަކެއް ކުރެވިފައިވާ މީހެކެވެ. ގިނަ ފާފަތަކެއް ކުރެވެމުން އަންނަ މީހެކެވެ. އެހެންކަމަށްވާއިރު 1 އަހަރު ދުވަސް ފާއިތުވާއިރު އެކި ގޮތްގޮތުން ހުންނާނީ ވަރަށް ގިނަ ފާފަތައް ކުރެވިފައެވެ.

ޑރ. އިޔާޟް އެވަނީ އެ ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވެވުމަކީ ކޮން ފަދަ މަތިވެރި ނިޢުމަތެއް ކަމާއިމެދު ވިސްނައި އާޝޫރާ ރޯދަ ހިފަންޖެހޭ 2 ދުވަހު ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް