އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑަކުދިން ނިންދަވާއިރު ކިޔަން އެންމެ ރަނގަޅު ސޫރަތަކީ ނުވަތަ ސޫރަތްތަކަކީ ކޮބާ؟

ކުޑަކުދިން ނިންދަވާއިރު ކިޔަން އެންމެ ރަނގަޅު ސޫރަތަކީ ނުވަތަ ސޫރަތްތަކަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު

ކުޑަކުދިން ނިންދަވާއިރު ކިޔަން އެންމެ ރަނގަޅު ސޫރަތަކީ ނުވަތަ ސޫރަތްތަކަކީ ކޮބައިތޯ؟

މި ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠިފް ވިދާޅުވެފައިވަނީ "ނިދުމުގެ ކުރިން ކިޔަވަން ވާރިދުވެފައިވާ ސޫރަތްތައް ކިޔެވުން ރަނގަޅުވާނެ." ކަމަށެވެ.

ނިދުމުގެ ކުރިން ކުރުސި އާއި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުން ކިތަންމެހައިވެސް މުހިންމެވެ. ނިދުމުގެ ކުރިން ކިޔެވުން މުހިންމު ބައެއް ސޫރަތްތައް ވެސް އެނގެން އެބައޮތެވެ.

ޖާބިރު (ރޢ) ގެ އަރިއަހުން ރިވާވެގެންވަނީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކޮންމެ ރެއަކުވެސް އަވަހާރަފުޅުލެއްޕެވުމުގެ ކުރިން ތަބާރަ ސޫރަތާއި ސަޖިދަ ސޫރަތް ކިޔަވައި ވިދާޅުވާ ކަމަށެވެ.

މީގެ އިތުރުން އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ކާފިރޫނަ ސޫރަތް ވިދާޅުވުމަށް ޙަދީޘް ފުޅު ކުރެއްވެވި ކަށާއި އަދި އިޚްލާޞް، ފަލަޤި، ނާސި 3 ސޫރަތް ވިދާޅުވި ކަމަށް ރިވާވެގެންވެއެވެ.

މީގެ އިތުރުން ނިދުމުގެ ކުރިން ކިޔުން މުހިންމު ދުޢާތައްވެސް އެބަހުއްޓެވެ. ޢިލްމުވެރިން ވިދާޅުވަނީ ދަރިންނަށް އެންމެ ތުއްތު އިރުންސުރެ މިފަދަ އަޑުތައް އިއްވަމުން ގެންދާނަމަ އެކަމުގެ ފައިދާ ކުދިންނަށް ކުރާނެ ކަމަށެވެ.

- މައުލޫމާތު: ބެކްޓުޖަންނަ

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް