އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުން ދަތުރުކޮށްދޭ އަގުގެ 400 ގުނަ ކުޑަކޮށް ޓެކްސީ ދަތުރުކުރަން ސަރުކާރުން އެންގުމަކީވެސް އިންޞާފުތޯ؟

ސަރުކާރުން ދަތުރުކޮށްދޭ އަގުގެ 400 ގުނަ ކުޑަކޮށް ޓެކްސީ ދަތުރުކުރަން ސަރުކާރުން އެންގުމަކީވެސް އިންޞާފުތޯ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 8 ސިކުންތު

ސަރުކާރުގެ އެމްޓީސީސީ އިން ދުއްވާ ބަހުގައި ހުޅުމާލެއިން ހުޅުލެއަށް އާދެވެނީ ބޮލަކަށް 20 ރުފިޔާ ދައްކައިގެންނެވެ. އެއީ އެމްޓީސީސީ އިން ދުއްވާ 45 ފަސިންޖަރުންގެ ބަހުގައެވެ. 10 ފަސިންޖަރުން އުފުލޭ ކުދި ވޭނުގައި ދަތުރެއް ކޮށްދެނީ 200 ރުފިޔާއަށެވެ. ހަމަ ބޮލަކަށް 20 ރުފިޔާ ޖެހޭ ގޮތަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި އަގަށް ބަލާއިރު އަމިއްލަ ފަރާތްތަކުން ދުއްވާ ޓެކްސީއެއްގައި ހުޅުމާލެއިން މާލެއަށް އާދެވޭނީ 40 ރުފިޔާއަށެވެ. ޓެކްސީއެއްގައި ދަތުރުކުރެވޭނީ 4 މީހުންނަށެވެ. އެހެންކަމުން އެއީ ބޮލަކަށް 10 ރުފިޔާއެވެ.

މީގެ މާނައަކީ ފަސިންޖަރެއްގެ އަތުން 20 ރުފިޔާ ލިބޭ ގޮތަށް ސަރުކާރުން ކުރާ ދަތުރުގެ ދެ ގުނަ އިތުރަށް ދުއްވައި އަމިއްލަ ފަރާތްތަކުން ޓެކްސީގައި ކުރާ ދަތުރަކަށް ނެގޭނީ ގިނަވެގެން ބޮލަކަށް 20 ރުފިޔާ ކަމެވެ. ދަތުރުގައި ދުއްވަން ޖެހޭ ދިގުމިން ދެގުނަ އިތުރެވެ. ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ "އިންޞާފުވެރި" ނިންމުމުގައިވާ ގޮތުން ދެގުނަ އިތުރަށް ދުއްވަން ދުއްވަން ޖެހުނު ނަމަވެސް އަމިއްލަ ފަރާތަކުން ދުއްވާތީ އަގު ނަގަން ޖެހޭނީ ދެބައިކުޅަ އެއްބައި މަދުންނެވެ.

އަދިވެސް އިތުރު ތަފްޞީލަށް ބަލައިފިނަމަ ހުޅުމާލެއިން މާލެއަށް ބޮލަކަށް 10 ރުފިޔާ ނަގާނަމަ ހުޅުލެއާއި ހަމައަށް ނަގަންޖެހޭނީ އެއިގެ ދެބައިކުޅަ އެއްބައި ކަމަށްވާ 5 ރުފިޔާއެވެ. ވީއިރު ސަރުކާރުގެ ކުންފުންޏަކަށްވުމުން 5 ރުފިޔާގެ 4 ގުނަ 20 ރުފިޔާ ނެގުމަކީ ސަރުކާރުން ވިސްނައިލަންޖެހޭ ކަމަކަށްވެސް ނުވެއެވެ!

އެމްޓީސީސީގެ ބަހާއި ކާރު ދުއްވަން ކުޑަ މުސާރައެއްގައި ގެންގުޅޭ ބިދޭސީ ޑްރައިވަރުން ބޭނުންކުރާކަން ފާހަގަކުރެވެއެވެ. ޓެކްސީ ދުއްވަނީ ބޮޑު މުސާރަ ދީގެން ގެންގުޅޭ ދިވެހި ޑްރައިވަރުންނާއި ދިރިއުޅުމަށް އިންތިހާއަށް ބޮޑު ޚަރަދުތައް ކުރަންޖެހޭ ވެހިކަލްތަކުގެ ވެރިންނެވެ. އެހެންކަމުން މި ގޮތުން ބެލި ނަމަވެސް އެމްޓީސީސީއަށް ވެހިކަލްތައް ދުއްވުމުގެ ޚަރަދު ކުޑަވާނެއެވެ.

ދުނިޔޭގެ ކޮންމެ ޤައުމަކަށް ބެލި ނަމަވެސް ޓެކްސީގެ އަގުތަކަށްވުރެ ބަހުގެ އަގުތައް އެތައް ގުނައެއް ހެޔޮކަން އެއީ އެންމެންނަށް ވެސް އެނގޭ ކަމެކެވެ. ނަމަވެސް ރާއްޖޭގައި މިފެންނަނީ ޓެކްސީ ކުރުމުގެ ބޭސިކް އަގުން ބެލި ނަމަވެސް ބަސް ދަތުރުކުރުމުގެ އަގު 400 ގުނައަށް އަރާފައިވާ ތަނެވެ.

ސަރުކާރުން ރާއްޖޭގެ އެއްވެސް ޓެކްސީ ސެންޓަރަކަށް އެއްވެސް ސަބްސިޑީއެއް ނުދެއެވެ. ނަމަވެސް ދަތުރުފަތުރުގެ އަގު ހެޔޮ ކުރުމަށް އެމްޓީސީސީއަށް ރިޒޯޓް ތަރައްޤީކުރާނެ ރަށްތައް ސަރުކާރުން ދިނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ޓެކްސީ ދަތުރުކުރަން ހުއްދަ ދީފައިވާ އަގަށް ބަލާއިރު މާލެއިން ހުޅުމާލެއަށް ނުވަތަ ހުޅުމާލެއިން މާލެއަށް ބަހުގައި ކުރާ ދަތުރެއްގެ އަގު 2 ރުފިޔާ ނުވަތަ 3 ރުފިޔާއަށްވުރެ ބޮޑުވާންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް