އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަހަރޯ! ރާއްޖޭގެ އަންހެން ކުދިންނަށް މިވަނީ ކިހިނެއް؟!

ސަހަރޯ! ރާއްޖޭގެ އަންހެން ކުދިންނަށް މިވަނީ ކިހިނެއް؟!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

މިދިޔަ އޯގަސްޓް މަހުގެ 23 ހާތާނގައި ސޯޝަލް މީޑިއާގައި އެންމެ ހަލުވި ކަމާއެކު ދައުރުވީ އެެއް ވާހަކައަކީ ނުވަތަ ވީޑިއޯއަކީ، އަންހެން ގްރޫޕަކުން އެހެން އަންހެން ކުއްޖަކާއި ދިމާލަށް ހަޑި ހުތުރު ބަހުން މުޢާމަލާތްކޮށް، އެއަންހެން ކުއްޖާއަށް ގަނާކޮށް އަނިޔާ ވެސް ކުރި މަންޒަރު ފެންނަ ވީޑިއޯއެކެވެ.

މިކަމުގައި އަމަލީ ގޮތުން އުޅުން ދެ ކުއްޖަކު މިހާރު ހައްޔަރުކޮށް، ބަންދުގެ މުއްދަތުވެސް ޖަހާފައިވާއިރު، ސޯޝަލް މީޑިއާގައި އެވާހަކަތައް އެކި ގޮތްގޮތަށް އަދިވެސް ދެކެވެމުން ދެއެވެ. ޚާއްސަކޮށް އޭގެ ތެރެއިން އެއް ކުއްޖެއްގެ ވާހަކަ، ޤައުމީ ބަޠަލަކަށްވުރެ ގިނައިން މީހުން އަދިވެސް ދައްކައެވެ.

އެވާހަކައިގެ ހޫނުކަން ސޯޝަލް މީޑިއާއިން އެއްކޮށް ނުފިލައިގެން އުޅެނިކޮށް އަނެއްކާވެސް އެންހެން ކުދިން ތަކެއްގެ އެހެން ވީޑިއޯ އެއް މިވަނީ އާންމުވެފައެވެ. ކުރިން ދައުރުވީ ވީޑިއޯ އާއި އެތައް ކަމެއް ތަފާތުވީ ނަމަވެސް، މިފަހަރު ދައުރުވަމުންދާ ވީޑިއޯ އިން ވެސް ފެންނަނީ ޒުވާން އުމުރުގެ އަންހެން ކުދިން ތަކެކެވެ. ހަޑިހުތުރު ބަހުން މުޚާތަބުކޮށް، އަތް އިސްކުރާ މަންޒަރު ވެސް ފެނެއެވެ.

ސޯޝަލް މީޑިއާގެ ޕޭޖެއްގައި މިހާރު ވެސް އެވީޑިއޯ ދައުރުވަމުންދާއިރު، އޭގެން ފެންނަނީ ފުރާވަރު އުމުރުގެ އަންހެން ކުއްޖަކު، ތަނެއްގައި އިށީންދެގެން ތިބި ދެ އަންހެން ކުއްޖެއް ކައިރިއަށްދާ މަންޒަރެވެ. ތިމަންނާއޭ ކިޔާފަ ދެން (ފާޑު ފާޑު ވާހަކަ) ނުދައްކައްޗޭ ކިޔާ ހަޑި ހުތުރު ބަސްތައް ބޭނުން ކުރުމަށްފަހު، ދެން ފެންނަނީ އޭނާ ވާހަކަ ދައްކަމުން ދިޔަ ކުއްޖާގެ ކަންފަތް މަތީގައި ޖަހާތަނެވެ.

ކުރިން ދައުރުވި ވީޑިއޯއާއި ޚިލާފަށް، މިފަހަރު އަނިޔާ ލިބުނު ކުއްޖާ މަޑަކުން ނުހުރެއެވެ. އޭނާވެސް އެކުއްޖާއާއި ދިމާލަށް އަތް ފައި ހޫރުވައެވެ. އަދި "ގަޔަށް ބޮލަށް ނޭރުމަށް" އެއަންހެން ކުއްޖާ ކައިރީގައި އިން އަނެއް ކުއްޖާ ބުނާ އަޑުއިވެއެވެ. ރުޅިއައިސްގެން ދިޔަ ކުއްޖާ ދެން ވެސް އަނގައިން ގޮވަނީ ހަޑި އެއްޗެހިތަކެކެވެ.

ޒަމާން ތަރައްޤީވުމަކީ އަހަރުމެން ކޮންމެ މީހަކު ވެސް ވަރަށް ބޭނުންވާ ކަމެކެވެ. އަންހެނުން އެމީހުންގެ އަމިއްލަ ނަފްސު ހިމާޔަތްކޮށް ވަރުގަދަ ވުމަކީ ވެސް ނުހަނު އުފާކުރާ ކަމެކެވެ. ނަމަވެސް އަންހެން ކުދިން، އެމީހުންގައިގަ ހުންނަންވާ ރީތި އަޚުލާގާއި، ލަދުވެތިކަމާއި އެކަކު އަނެކަކަށް އިޚްތިރާމް ކުރުމުގެ ސިފަ ގެއްލުމަކީ، އެއްވެސް ވަރަކަށް "ތަރައްޤީވުން" ކަމުގައި ޤަބޫލުކުރަން ދައްޗެވެ. އަދި މިފަދަ ކަންކަމަކީ ރީތިކަމެއް ކަމުގައިވެސް ނުދެކޭ ހިނދު، މިފަދަ މަންޒަރުތައް މުސްލިމު ޤައުމަކުން ފެނުމަކީ ވަރަށް ވެސް ބޮޑު ލަދުވެތިކަމެކެވެ.

މިޒަމާނުގެ ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިން، މިފަދަ ދަށުދަރަޖައިގެ ނޭދެވޭ އުޅުމަށް އުޅުމުން އެކަމުގައި ކުށްވެރި ކުރަންވީ އެކުދިންގެ މައިންބަފައިން ކަމެއް، ރަޙުމަތްތެރިން ކަމެއް ނުވަތަ ޚުދު މުޖުތަމައު ކަމެއް ނޭނގެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް







Mode 2018-09-17 20:31:11

Meet main bafain haddhaa goi. Tharubiyyathuge massala. Dheenuge kanthah olhun fiouvaa nudheythee. Amaamenge haalu aslu maa goas dharinnehvure. Main bafain adhi sarukaaruves zinmaavaan jeheyne mikamuga


މަރިޔަމް ވަހީދާ