އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ބަހުން ދުޢާކުރި ނަމަވެސް ﷲ އަށް ހަމްދުކޮށް ރަސޫލާ (ﷺ) އަށް ޞަލަވާތާ ސަލާމް ލެއްވެވުން އެދި ދުޢާކުރަންވާނެ: ޑރ. އިޔާޟް

ދިވެހި ބަހުން ދުޢާކުރި ނަމަވެސް ﷲ އަށް ހަމްދުކޮށް ރަސޫލާ (ﷺ) އަށް ޞަލަވާތާ ސަލާމް ލެއްވެވުން އެދި ދުޢާކުރަންވާނެ: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ދިވެހި ބަހުން ދުޢާކުރި ނަމަވެސް ދުޢާކުރަން ފަށަންވާނީ ﷲ ތަޢާލާއަށް ހަމްދުކޮށް ރަސޫލާ (ﷺ) އަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރުމުންނެވެ.

"ﷲ އަށް ޙަމްދު ކުރަމެވެ. ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްެވެވުން އެދި ދުޢާކުރަމެވެ......... ދެން ބޭނުންވާ ދުޢާއެއް ކުރިއަށް ގެންދަންވީ (ކުރަންވީ) އެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކޮންމެ ކަމަކަށް އެދި ދުޢާކުރަން ބޭނުންވުމުން ޢަރަބި ބަހުން އޮންނަ ދުޢާއެއް ހޯދައިގެން ނޫނީ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫންކަން ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގިގެންދެއެވެ.

ޢިލްމުވެރިން ވިދާޅުވަނީ ކަންކަމަށް ބޭނުންވުމުން ނުވަތަ ކަންކަމަށް އެދިގެން ދުޢާކުރާއިރު ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ދުޢާތައް އަދި ކައު އިތުރު ރަސޫލާ (ﷺ) ކުރެއްވެވި ދުޢާތައް ކުރުމުގެ ބޭނުމަކީ އެ ދުޢާތަކަށްވުރެ ފުރިހަމައަށް ދުޢާ ނުކުރެވޭނެތީ ކަމަށެވެ. އެހެންކަމުން އެންމެ މަތިވެރި ގޮތަކީ އެއީ ކަމަށެވެ. ނަމަވެސް އެފަދަ ދުޢާއެއް ނުއެނގޭނަމަ އެމީހަކު ވާހަކަ ދައްކާ ބަހަކުން ދުޢާކުރަންވީ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް