އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޅަފަތުގައި މަރުވާ ކުދިންގެ މައިންބަފައިންނަށް އެކުދިންގެ ފަރާތުން ސުވަރުގެ ލިބޭނީ ޝަރުޠުތަކެއް ފުރިހަމަވެގެން!: ޝައިޚް އާދަމް ޝަމީމް

ޅަފަތުގައި މަރުވާ ކުދިންގެ މައިންބަފައިންނަށް އެކުދިންގެ ފަރާތުން ސުވަރުގެ ލިބޭނީ ޝަރުޠުތަކެއް ފުރިހަމަވެގެން!: ޝައިޚް އާދަމް ޝަމީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 57 ސިކުންތު

ސުވާލު: ޅަފަތުގައި މަރުވާ ކުދިން ސުވަރުގެ ދާނީ މައިންބަފައިން ގޮވައިގެން ކަމުގައި ދީނީ އިލްމުވެރިއަކު ފަތުވާ ދެއްވަނިކޮށް އަޑުއިވިފައިވެއެވެ. އެހެންކަމަށްވާނަމަ، ޅަފަތުގައި މަރާލެވޭ ކުދިން (ޚާއްސަކޮށް ނަހަލާލުގޮތުގައި ވިހާ ކުދިން މަރާލެވުމަށްފަހު) މެރި މީހަކީ މަންމަ ކަމުގައި ވާނަމަވެސް ކަން އޮތް ގޮތަކީ މިއީތޯއެވެ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ޅަފަތުގައި މަރުވާ ކުދިން އެކުދިންގެ މައިންބަފައިންނަށް ޝަފާޢަތްތެރިވާނެ ކަމާއި އެކުދިންގެ ޝަފާޢަތުގެ ސަބަބުން އެކުދިންގެ މައިންބަފައިން ސުވަރުގެ ވައްދަވާނެކަމުގައި ޞައްހަ ޚަބަރުން ސާބިތު ވެއެވެ. ނަމަވެސް އެބަޔަކަށް ޝަފާއަތްތެރި ވުމުގެ ހުއްދަ ލިބޭ ޝަހީދުންނާއި ކުޑަ ކުދިން ފަދަ މީހުންގެ ޝަފާއަތުން ސުވަރުގެ ވަންނާނީ ޔަގީނުންވެސް މުސްލިމުންނެވެ. މުއުމިނުންނެވެ. އަދި ﷲ އިރާދަކުރެއްވި އަޅެކެވެ. ވީމާ ޅަފަތުގައި މަރުވާ ކުދިންގެ މައިން ބަފައިންނަކީ ފާފަވެރި ބައެއް ނަމަ އެމީހުން ސުވަރުގެ ވަންނާނީ ﷲގެ އަފޫކުރެއްވުމާއި އެކު، ނުވަތަ އެމީހުންގެ ޅަފަތުގައި މަރުވެފައިވާ ކުދިން ނުވަތަ ޝަފާއަތްތެރިންގެ ޝަފާއަތުން ނުވަތަ އެކަށީގެންވާ ހައްގު ސަޒާ ލިބިގެންނެވެ.

ކުޑަ ކުދިން މެރުމަކީ ފާފަ ތަކުގެ ތެރެއިން ނުބައިވެގެންވާ ފާފައެކެވެ. ހަލާލު ކުދިންނާއި ނަހަލާލު ކުދިންނަކީވެސް މައުސޫމު ބައެކެވެ. އެކުދިން މަރައިފި މީހަކަށް ހައްގުވެގެންވަނީ ނަރަކައެވެ. މާތް ﷲ އެބައިމީހުންގެ ކިބައިން އޭގެ ބަދަލު ހިތްޕަވާނެ ކަމުގައި އަނގަވައި ވަހީކުރައްވާފައިވެއެވެ. {{ وَإِذَا الْمَوْءُودَةُ سُئِلَتْ (8) بِأَيِّ ذَنْبٍ قُتِلَتْ(9) }} التكوير "އަދި ޅަފަތުގައި މަރައި ވަޅުލެވޭ ކުދިންނާއި ސުވާލު ކުރެވޭ ދުވަސް (ޤިޔާމަތް ދުވަސްމަތިން) ހަނދާން ކުރާށެވެ! އެކުދިން ގަތުލު ކުރެވުނީ ކޮން ކުށަކާއިލައިގެން ތޯއެވެ؟" އަދި އޭގެ ބަދަލު ދެއްވާނެއެވެ. އެކަމަކު އެއީ މުސްލިމެއް ކަމުގައި ވާނަމަ، އިސްވެ ދިޔަ ފަދައިން ކޮންމެވެސް ދުވަހަކުން ސުވަރުގެ ވަންނާނެއެވެ.

والله أعلم وبالله التوفيق وصلى الله على محمد وآله وصحبه وسلم

ޖަވާބުދެއްވީ - އައްޝައިޚް އާދަމް ޝަމީމް –

މިއީ މިމޭރުމުން ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އާއި ސުވާލުކުރުމުން ޑރ. އިޔާޟް ފޮނުއްވި ލިޔުމެކެވެ. އެހެންކަމުން މިއީ މި ސުވާލަށް ޑރ. އިޔާޟް ވެސް ދެއްވަން އޮތް ޖަވާބުކަން ޤަބޫލުކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް