އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝަހީބު ރަހީނުކޮށްފި! އުއަތަމަ ފަނޑިޔާރު ޖަލުގަ، ސީޕީ ޢަރީފް ޖަލުގަ، މުވައްސަސާތައް ހަމަ މިނިވަން!

ޝަހީބު ރަހީނުކޮށްފި! އުއަތަމަ ފަނޑިޔާރު ޖަލުގަ، ސީޕީ ޢަރީފް ޖަލުގަ، މުވައްސަސާތައް ހަމަ މިނިވަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 36 ސިކުންތު

މިއަދު މި ޢާންމުވީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް އަހްމަދު ޝަހީބު ރަހީނު ކުރެވުނު ކަމުގެ ވާހަކައެވެ. ޝަހީބުގެ ވާހަކަފުޅަށް އިތުބާރުކުރެވެއެވެ. އެއީ ޝަހީބަކީ ޢާންމުކޮށް ޖަމާޢަތުގައި ނަމާދުކުރައްވާ ބޭފުޅެއްގެ އިތުރުން ވަރަށް ޤަވާއިދުން ފަތިސް ނަމާދުކުރައްވާ ބޭފުޅަކަށްވާތީއެވެ. އިސްކަންދަރު މިސްކިތަށް ނަމާދަށް އަރާ މީހުން މިކަމަށް ހެކިވާނެއެވެ.

ބްރޯޑްކޮމް ގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ގެންދާ ވަގުތެއްގައި މިފަދަ ކަމެއް ހިނގައި ދިއުމުން އެކޮމިޝަނުގައި ކަންކަން ކުރަމުން އަންނަ ގޮތް މިވަނީ ވަރަށް ރަނގަޅަށް ސާފުވެފައެވެ. މިވަރުކަމެއް ހިނގައި ގޮސް މައްސަލަ ހުށަހެޅުމުން އެކަމަށް ބަހެއް ބުނަން ފުލުހުން ބޭނުން ނުވުމުންވެސް މިވަނީ ޤައުމުގެ މިނިވަން މުއައްސަސާތަކުގެ ޙާލަތު އިތުރަށް ޔަޤީން ކުރެވިފައެވެ.

ތިރީގައި މިވަނީ ޝަހީބު ރަހީނުކުރުމާއިބެހޭގޮތުން ވީނިޔުސްގައި ޝާޢިޢުކޮށްފައިވާ ލިޔުމެކެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ތެރޭގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް "ރަހީނުކުރި" ކަމަށް ބުނާ މައްސަލާގައި އެއްވެސް ވާހަކައެއް ދެއްކުމަށް ފުލުހުން ދެކޮޅު ހަދައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ތެރޭގައި އިއްޔެ ހެނދުނު ޝަހީބް "ރަހީނު" ކޮށްފައިވަނީ އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ސޮފްވާން ކަމަށް ދުވަހު ނޫސް މިހާރަށް ރޭގެ ވަގުތެއްގައި ޝަހީބް ދެއްވާފައިވާ އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ.

ޝަހީބު ވިދާޅުވީ ކޮމިޝަންގެ މީޓިން ރޫމުގައި އިންނެވުމަށްފަހު ސޮފްވާންގެ އެދިވަޑައިގަތުމަކަށް ކޮމިޝަންގައި ޝަހީބަށް ހާއްސަކޮށްފައިވާ ކޮޓަރިކޮޅަށް ވަޑައިގަތުމުން ތިން ކަމެއް ކުރެއްވުމަށް ސޮފްވާން އެދިވަޑައިގެންނެވި ކަމަށެވެ. އެގޮތުން ސޮފްވާން އެދިވަޑައިގަތީ އަށް ދުވަހަށް ޝަހީބު ޗުއްޓީއެއް ނެންގެވުމަށާއި، އެކަން ނުކުރެއްވޭނަމަ އިސްތިއުފާ ދެއްވުމަށާއި ނުވަތަ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުތަކުން 8 ދުވަހަށް އެއް ފަރާތްވުމަށްފަހު ކޮމިޝަންގެ ނައިބް ރައީސްގެ ހައިސިއްޔަތުން ސޮފްވާނަށް ކޮމިޝަންގެ ހިންގުން ހަވާލުކޮށްފައިވާ ކަމަށް ބުނެ މެމޯއެއް ނެރުއްވުމަށް ކަމަށް ޝަހީބް ވިދާޅުވެފައިވެ އެވެ.

އެހުރިހާ ކަމަކަށް ވެސް ދެކޮޅު ހެއްދެވިކަން ފާހަގަކުރައްވަމުން ޝަހީބް ވިދާޅުވީ އެ ހިސާބުން ސޮފްވާން ބިރުދެއްކުމުގެ ގޮތުން އެއްޗެތި ތަކެއް ވިދާޅުވެ ޝަހީބް ކޮޓަރި ތެރޭގައި ބެހެއްޓުމަށްފަހު ބައިގަޑިއިރު ވަންދެން ކޮޓަރި ތަޅުލާފައި ބެހެއްޓި ކަމަށެވެ. އަދި އޭނާއަށް ސަލާމަތްވެވުނީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަށް ވައިބާއިން މެސެޖްކޮށް އެމައްސަލަ ފުލުހުންނަށް ރިޕޯޓްކުރަން ދެންނެވި ފަހުން ކަމަށްވެސް ޝަހީބް ވިދާޅުވެފައިވެ އެވެ.

ޝަހީބު "ރަހީނުކުރި" ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު ޝަހީބަށް ފުލުހުންގެ ސެކިއުރިޓީ ދިނުމަށާއި ސޮފްވާން ހިންގެވި އަމަލުތައް ބަލައިދިނުމަށްވެސް ޝަހީބް ފުލުހުންގެ އިދާރާގައި އެދިވަޑައިގެންފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މިމައްސަލަ ފުލުހުންގެ އިދާރާއަށް ލިބިފައިވޭތޯ ވީނިއުސް އިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މިމައްސަލާގައި އެއްވެސް އެއްޗެއް ބުނަން ފުލުހުން ބޭނުން ނުވާ ކަމަށެވެ. ތަކުރާރުކޮށް ސުވާލުކުރުމުންވެސް ފުލުހުން ވަނީ މިމައްސަލާގައި ވާހަކަ ދެއްކުމަށް ދެކޮޅު ހަދާފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ސޮފްވާނަކީ ކޮމިޝަންގެ މެންބަރު ކަމަށް ވަޑައިގަތުމުގެ ކުރިން ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް