އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިއަކު ދެއްވައިފިނަމަ ދުވަހަކުވެސް ޝައިޠާނަކަށް އެދަރިއަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ދުޢާއެއް، ޙަދީޘުން!

ދަރިއަކު ދެއްވައިފިނަމަ ދުވަހަކުވެސް ޝައިޠާނަކަށް އެދަރިއަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ދުޢާއެއް، ޙަދީޘުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ދެމަފިރިން އެއްދާންކުރާއިރު ކުރާނެ ދުޢާއެއް ދަސްކޮށްދެއްވައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (( لَوْ أَنَّ أَحَدَهُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ قَالَ بِاسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبْ الشَّيْطَانَ مَا رَزَقْتَنَافَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ لَمْ يَضُرَّهُ شَيْطَانٌ أَبَدًا)) (رواه البخاري ومسلم)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

ތިޔަބައިމީހުންގެ ތެރެއިން މީހަކު އެމީހާގެ އަނބިމީހާއާއި އެއްދާންކުރަން ގަސްދުކުރާހިނދު، بِسْمِ اللَّـهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا

(މާނައީ: ﷲގެ އިސްމުފުޅުން ފަށަމެވެ. އޭ ހައްދަވާ ގެންގުޅުއްވާ އިލާހު! ޝައިޠާނާގެ ކިބައިން އަޅަމެން ދުރުކޮށް ދެއްވާނދޭވެ! އަދި އަދި އިބަﷲ އަޅަމެންނަށް ރިޒުޤުކުރައްވާ ދަރިންވެސް ޝައިޠާނާގެ ކިބައިން ދުރުކުރައްވާނދޭވެ!)

މިފަދައިން ކިޔައިފިނަމަ، ފަހެ އެ(އެއްދާންކުރުމުން) އެދެމީހުންނަށް ދަރިއަކު ދެއްވައިފިނަމަ ދުވަހަކުވެސް ޝައިޠާނަކަށް އެދަރިއަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ.

އެހެންކަމުން އަނބިމީހާއާއި އެއްދާންކުރާ ކޮންމެފަހަރަކު މި ދުޢާ ކުރުން އާދަކުރުމަށް ނަސޭހަތްތެރިވަމެވެ.

އެމްވީ އިސްލާމް ކިޔުއޭ ގައި ޝާއިޢުކޮށްފައިވާ ލިޔުމަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު