އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސާފު ހިތަކާ، ރިވެތި އުޅުމަކާ، ހިއްމަތްތެރިކަމާ، ވަރުގަދަ އީމާނަކާ، ސަލާމަތް ބުއްދި މީހަކަށް ލިބިއްޖެ ނަމަ ކާމިޔާބުކުރެވޭނެ: ޝައިޚް ޢަލީ ޒާހިރު

ސާފު ހިތަކާ، ރިވެތި އުޅުމަކާ، ހިއްމަތްތެރިކަމާ، ވަރުގަދަ އީމާނަކާ، ސަލާމަތް ބުއްދި މީހަކަށް ލިބިއްޖެ ނަމަ ކާމިޔާބުކުރެވޭނެ: ޝައިޚް ޢަލީ ޒާހިރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު

"ސާފު ހިތަކާ، ރިވެތި އުޅުމަކާ، ހިއްމަތްތެރިކަމާ، ވަރުގަދަ އީމާނަކާ، ސަލާމަތް ބުއްދި މީހަކަށް ލިބިއްޖެ ނަމަ އެމީހަކު ކާމިޔާބުވާނެއެވެ."

މިއީ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ކުރައްވާފައިވާ ޓްވީޓެކެވެ.

ޝައިޚް ޢަލީ ޒައިދުގެ މިބަސްފުޅުން އެނގެނީ 5 ކަމެއް މީހެއްގެ ކިބައިގައި ހުރެއްޖެނަމަ އެމީހަކަށް ކަންކަން ކާމިޔާބުކުރެވޭނެ ކަމެވެ.
ފުރަތަމަ ކަމަކީ ތެދުވެރި އަދި ހަސަދަވެރިކަމާއި ކިލަނބުކަމެއް ނެތް ސާފު ހިތެއް ލިބިފައިވާ މީހަކަށްވުމެވެ.

ދެވަނައަށް ފާހަގަކުރައްވާފައިއެވަނީ އެމީހާގެ ކިބައިގައި ރިވެތި އަޚްލާޤީ ސިފަތައް ހުރުމެވެ. މީސްތަކުންނަށް އޯގާތެރި އަދި ރަޙުމާއި ކުލުނު ހުރި މީހަކަށްވުމެވެ.

ތިންވަނައަށް ފާހަގަކުރައްވާފައި އެވަނީ ކަންކަން ކުރަން ގަދައަޅައި ހިންމަތާއިއެކު ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި މަސައްކަތްކުރާ މީހަކަށް ވުމެވެ.

ހަތަރުވަނައަށް ފާހަގަކުރައްވާފައި އެވަނީ އީމާންތެރިކަން ވަރުގަދަ މީހަކަށްވުމެވެ. އީމާންތެރިކަން ވަރުގަދަ މީހަކު ވައްކަމާއި، ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަމެއް ނުކުރަނެއެވެ. ހުންނާނީ އެންމެހައި މުންކަރާތްތަކުން ދުރުހެލިވެގެންނެވެ. އެއްވެސް މީހެއްގެ ޙައްޤަކަށް އަރައެއް ނުގަންނާނެއެވެ. ކުރާ ކޮންމެ ކަމެއް ކުރާނީ ޢަދުލުވެރި ކަމާއިއެކުގައެވެ.

ފަސް ވަނައަށް ފާހަގަކުރައްވާފައި އެވަނީ ސަލާމަތް ބުއްދި ލިބިފައިވުމެވެ. ސަލާމަތް ބުއްދި ލިބުމުގެ މާނައިގައި ﷲ ތަޢާލާ ގެ އެންގެވުންތަކަށް ޢަމަލުކުރުން ވެސް ހިމެނެއެވެ. އާޚިރަތް ދުވަހަށް ބިރުވެތިވުން ވެސް ހިމެނެއެވެ. އެހެނީ ބުއްދި ސަލާމަތުން ހުރި، ހަތަރުވަނައިގައި ހިމެނޭ އީމާންތެރިއަކު ނަމަ އާޚިރަތް ގެއްލިދާނެ އެއްވެސް ކަމެއް ނުކުރާނެއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް