އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގާރލްފްރެންޑް އެދުނީމާ "ކޮންމެ ގޮތަކުން ނަމަވެސް" މޯބައިލް ފޯން ހޯދައިދޭން މަޖުބޫރު ވާނެ: ރައީސް ޔާމީން

ގާރލްފްރެންޑް އެދުނީމާ "ކޮންމެ ގޮތަކުން ނަމަވެސް" މޯބައިލް ފޯން ހޯދައިދޭން މަޖުބޫރު ވާނެ: ރައީސް ޔާމީން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ގާރލްފްރެންޑް އެދުނީމާ "ކޮންމެ ގޮތަކުން ނަމަވެސް" މޯބައިލް ފޯން ހޯދައިދޭން މަޖުބޫރު ވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ރޭ ސްޓޭޑިއަމް ދަނޑެއްގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަށް އެންމެ ބޮޑަށް ބޭނުންވާނީ ވަޒީފާ ކަމަށެވެ. "ގެދޮރުވެރިކަން އަންނާނީ ކައިވެންޏަކާއި ހަމައަށް ދިއައިމަ ދޮގެއްތޯ؟ އެކަމު ކައިވެނީގެ ކުރިންވެސް ކޮންމެ ފިރިހެން ކުއްޖަކު ބޭނުންވާނެ ގަރލްފްރެންޑަށް މޯބައިލް ފޯނެއް ހޯދައިދޭން."

ރައީސް ޔާމީން ވިދާޅުވީ ބިލްތައް ދައްކާނެ ފައިސާ އަތުގައި ނެތް ނަމަވެސް ކޮންމެ ފިރިހެން ކުއްޖަކުވެސް ގަރލްފްރެންޑަށް ތިއްތި ދައްކާލަން ބޭނުންވާ ކަމަށެވެ. "އެހެންވީމާ މިކަންކަން ކުރާނެ ދޮގެއްތޯ؟" ސުވާލު ކުރެއްވުމަށްފަހު ރައީސް ޔާމީން ވިދާޅުވީ ގަރލްފްރެންޑް ކަޓާތީ ހޯދުނު ގޮތަކަށް މޯބައިލް ފޯން ހޯދައިދޭން މަޖުބޫރުވާ ކަމަށެވެ.

އިނގިރޭސި ހަރުބަހެއްގައި އެމީހާ ކޮންމެހެން ކުރަން ބޭނުންވާ ކަމެއް ނުކުރެވިއްޖެނަމަ ސަލާންޖެހުން، ދަރަންޏަށް ނެގުން އަދި ވައްކަންކޮށްގެން ނަމަވެސް އެކަމެއް ކުރާނެ ކަމަށް ބުނެފައި އޮންނަ ކަމަށެވެ.

އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ޒުވާނުންނަށް ވަޒީފާ ހޯދައިދޭން މަޖުބޫރުވެފައިވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގެ އޯޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް