އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޒީފާގެ ވައުދު ނުފުއްދަވައި ޒުވާނުންނަށް ވައްކަންކުރަން ހިއްވަރު ލިބޭގޮތަށް ވާހަކަފުޅު ދެއްކެވުމުން ހިތާމަކުރަން: މަލީޙް

ވަޒީފާގެ ވައުދު ނުފުއްދަވައި ޒުވާނުންނަށް ވައްކަންކުރަން ހިއްވަރު ލިބޭގޮތަށް ވާހަކަފުޅު ދެއްކެވުމުން ހިތާމަކުރަން: މަލީޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 45 ސިކުންތު

މިސަރުކާރުގެ ވަޒީފާގެ ވައުދު ނުފުއްދައި ޒުވާނުންނަށް ވައްކަންކުރަން ހިއްވަރު ލިބޭގޮތަށް ރައީސް ޢަބްދުﷲ ޔާމީން ވާހަކަފުޅު ދެއްކެވުމުން ހިތާމަކުރައްވާކަމަށް މިސަރުކާރުގެ ފުރަތަމަ ޔޫތް މިނިސްޓަރު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް މިއަދު ވިދާޅުވީ މިސަރުކާރުގެ 5 އަހަރު ތެރޭގައި 94،000 ވަޒީފާ ދިވެހި ޒުވާނުންނަށް ހޯދައިދިނުމަށް ވެފައިވާ ވައުދު ފުރިހަމަ ކުރިނަމަ ހުރިހާ ޒުވާނުންނަށް ވަޒީފާ ލިބޭނެ ކަމަށެވެ. އެންމެ ޒުވާނަކުވެސް ވަޒީފާ ނުލިބި ބާކީވެފައި ނުހުންނާނެ ކަމަށެވެ.

"ވަޒީފާއަށް ބޭނުންވެގެން ތިބި ޒުވާނުން ވަޒީފާއަށް އެދެން އަޅުގަނޑު ޔޫތް މިނިސްޓަރުކަމުގައި ހުރެ ފުރުޞަތު ހުޅުވައިލިން. ވަޒިފާއަށް އެދުނު އަދަދާއި ރާއްޖޭގައި ވަޒީފާ ނެތި ތިބި ޒުވާނުންގެ އަދަދަށް ބަލާއިރު ވަޒީފާ ނެތި ތިބޭނީ އެންމެ ގިނަ ވެގެންވެސް 60،000 ޒުވާނުން. ދެން ކީއްވެތޯ 94،000 ވަޒީފާ ދިނީމާ ވަޒީފާ ނުލިބި ޒުވާނުންތަކެއް ބާކީވެގެން މިއުޅެނީ؟ މިއީ އަރަތުގެވެސް އަރަތެއް! ދުނިޔޭގެ ބޮޑު ބިޔަ އަަރަތެއް!"

ޕީޕީއެމުން ރޭ ސްޓޭޑިއަމް ދަނޑެއްގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަށް އެންމެ ބޮޑަށް ބޭނުންވާނީ ވަޒީފާ ކަމަށާއި ގެދޮރުވެރިކަން އަންނާނީ ކައިވެންޏަށް ފަހުން ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ޒުވާނުންނަށް ވަޒީފާ ހޯދައިދޭން މަޖުބޫރުވެފައިވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ރޭ ވިދާޅުވީ ކައިވެނީގެ ކުރިންވެސް ކުންމެ ފިރިހެން ކުއްޖަކު ވެސް ގަރލްފްރެންޑަށް މޯބައިލް ފޯނެއް ހޯދައިދޭން ބޭނުންވާނެ ކަމަށެވެ. ގާރލްފްރެންޑް އެދުނީމާ "ކޮންމެ ގޮތަކުން ނަމަވެސް" މޯބައިލް ފޯން ހޯދައިދޭން މަޖުބޫރު ވާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ބިލްތައް ދައްކާނެ ފައިސާ އަތުގައި ނެތް ނަމަވެސް ކޮންމެ ފިރިހެން ކުއްޖަކުވެސް ގަރލްފްރެންޑަށް ތިއްތި ދައްކާލަން ބޭނުންވާ ކަމަށެވެ. ގަރލްފްރެންޑް ކަޓާތީ ހޯދުނު ގޮތަކަށް މޯބައިލް ފޯން ހޯދައިދޭން މަޖުބޫރުވާ ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި އިނގިރޭސި ހަރުބަހެއްގައި އެމީހާ ކޮންމެހެން ކުރަން ބޭނުންވާ ކަމެއް ނުކުރެވިއްޖެނަމަ ސަލާންޖެހުން، ދަރަންޏަށް ނެގުން އަދި ވައްކަންކޮށްގެން ނަމަވެސް އެކަމެއް ކުރާނެ ކަމަށް ބުނެފައި އޮންނަ ކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވައި މަލީޙް ވިދާޅުވީ މިއީ އިސްލާމް ދީނުގެ އަސާސްތަކާއި ކަނޑައެޅިގެން ތަޢާރަޞްވާ ކަމެއް ކަމަށެވެ. ކިތަންމެ ބޮޑަށް ކަމަކަށް ބޭނުންވި ނަމަވެސް ވައްކަން ކުރުން ހުއްދަ ނޫން ކަމަށެވެ. އަދި މިއީ ދިވެހި ޒުވާނުންނަށް ވައްކަން ކޮށްގެން އެމީހުން ބޭނުންވާ ކަންކަން ކުރަން ރައީސް ޔާމީން ދެއްވި ލައިސަންސެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގެ އޯޑިއޯ:


ރައީސް ޔާމީން ރޭ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނިކޮށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވެސް ވަނީ މިކަން ރައްޔިތުންގެ ސަމާލުކަމަށް ގެންނަވައިފައެވެ.

ޑރ. އިޔާޟް ވަނީ ވައްކަން ކުރަން ހިއްވަރު ދެއްވާ ބޭފުޅުން އަލްމާއިދަތު ސޫރަތުގެ 38 ވަނަ އާޔަތާއި އެއާޔަތުގެ މާނައަށް ވިސްނަވައި ލައްވަން އިލްތިމާސް ކުރައްވައިފައެވެ.

"ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ.) ފަހެ ތިއަ ބައިމީހުން އެ ދެ މީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެދެ މީހުން ކުޅަ ކަންތަކުގެ ޖަޒާއަކަށް، ﷲގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބްރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ. ﷲ އީ، ޢަޒީޒްވަންތަ ޙަޚީމްވަންތަ ރަސްކަލާނގެއެވެ." (އަލްމާއިދަތު ސޫރަތުގެ 38 ވަނަ އާޔަތް)


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް