އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދާއިމެދު ޣާފިލުވެ ތިބެ ނަމާދުކުރާ މީހުންނަށް ހުރީ ގެއްލުމާ ހަލާކު- ކީރިތި ޤްރްއާން

ނަމާދާއިމެދު ޣާފިލުވެ ތިބެ ނަމާދުކުރާ މީހުންނަށް ހުރީ ގެއްލުމާ ހަލާކު- ކީރިތި ޤްރްއާން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

"ފަހެ އެއުރުންގެ ނަމަދާއިމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ." (6،5،4- 107)

ކީރިތި ޤްރްއާނުގެ އާޔަތްތަކުން މިހައި ސާފުކޮށް އެނގެން އޮތްއިރުވެސް ގިނަ ބައަކު ނަމާދު ކުރަނީ ކަމަކަށް ކަމެއް ކުރުމުގެ ގޮތުންނެވެ. ނަމާދުކުރަނީ އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދީއެވެ. ޢާފިލުވެ ތިބެއެވެ. ކިޔޭ ނުކިޔޭ އެއްޗަކާއި މެދު ވިސްނައިލުމެއްވެސް ނެތިއެވެ. އިމާމް މީހާ ކިޔާ ތަކްބީރުތަކަށް އޮޓޯއިން ހަރަކާތްކުރާ އުޞޫލުންނެވެ.

ލޮބުވެތި އަޚުންނާއި އުޚުޠުންނޭވެ! މިއީ ބިރުހުރި ކަމެކެވެ. ﷲ ތަޢާލާ ކަނޑައެޅިގެން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވަވާފައި އެވަނީ އެގޮތަށް ކުރާ ނަމާދު ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެވެ. އަދި އެގޮތަށް ނަމާދުކުރުމަކީ ދެއްކުންތެރިކަން ކަމެވެ. އެގޮތަށް ނަމާދުކުރާމީހުންނަށް ހުރީ ގެއްލުމާއި ހަލާކު ކަމެވެ.

ނަމާދުގައި ޚުޝޫޢަތްތެރިވާންޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. ނަމާދުގައި ކިޔާތަކެތީގެ މާނަ އެނގެންޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ގޮތަށް ނަމާދުކުރުމަށްޓަކައެވެ.

ނަމާދަށް ޙަރަމް ބަންނަ ހިސާބުން ފެށިގެން ދިރިއުޅެންކުރާ މަސައްކަތްތަކާއި ލޯބިވެރިންގެ މަތިން އަދި އެނޫންވެސް ދުނިޔަވީ ކަންތައްތައް ސިކުނޑިން ބޭރުކޮށްލައިގެން ނޫނީ ﷲ ތަޢާލާ އަންގަވާފައި ގޮތުގައި ނަމާދެއް ނުކުރެވޭނެއެވެ.

ހޭލުންތެރިކަން އިތުރުކުރާށެވެ! ކީރިތި ޤްރްއާނުގެ މާނަ ގިނައިން ކިޔާ ބައަކަށްވާށެވެ! އެއިރުން މިފަދަ ކަންކަން އެނގޭނެއެވެ! ހިތަށް ބިރުވެރިކަން ވަންނާނެއެވެ! އިޚްލާޞްތެރިކަން އިތުރުކުރަން މަސައްކަތް ކުރުމުގެ ރޫހު އާލާވަމުންދާނެއެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް