އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޖިލީހަށް ހާޒިރު ނުކުރާތީ ފާރިސް ދައުވާ ކޮށްފި

މަޖިލީހަށް ހާޒިރު ނުކުރާތީ ފާރިސް ދައުވާ ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން، މަޖިލީހަށް ހާޒިރު ނުކުރާތީ، އެމައްސަލައިގައި ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

އެމްޕީ ފާރިސް ގެ ފަރާތުން ކޯޓަށް އެމައްސަލަ ހުށަހެޅީ މިއަދެވެ.

މަޖިލީހަށް ހާޒިރު ނުކުރި މައްސަލައިގައި ބުނެފައިވަނީ ދިއްގަރު ދާއިރާގެ ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި ފާރިސް ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކޮށްފައިވަނިކޮށް، ކުށެއްގެ ތުހުމަތުގައި މިިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ހައްޔަރު ކުރެވުމަށްފަހު، މިއަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހާއި ހަމައަށްވެސް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާއާއި ޚިލާފަށް، ފާރިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު ދައުލަތުގެ އިދާރާތަކުން ނިގުޅައިގެންފައިވާ ކަމަށެވެ.

އެފަދައިން ކަންތައް ކުރުމުން ދިއްގަރު ދާއިރާގެ ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ޙައްގުން އެރައްޔިތުން މަހުރޫމް ވެފައިވާ ކަމަށް ވެސް ފާރިސްގެ ދައުވާގައި ބުނެފައިވެއެވެ.

އެމްޕީ ފާރިސް ހައްޔރު ކުރެވިފައި ހުރި މުއްދަތުގެ ތެރޭގައި ދިއްގަރު ދާއިރާ ތަމްސީލު ނުކުރެވުމުގެ ސަބަބުން އެދާއިރާގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ދާއިރާގެ ރައްޔިތުންނަށް ދައުލަތުން ދޭން ކަނޑައަޅައި ދިނުމަށް ވެސް ފާރިސް ގެ ފަރާތުން ވަނީ ދައުވާ ކޮށްފައެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ