އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޓޫރިޒަމް ތަރައްގީ ވާނޭހެން ފުވައްމުލަކުގައި 500 ކޮޓަރީގެ ހޮޓަލެއް އަޅަނީ

ޓޫރިޒަމް ތަރައްގީ ވާނޭހެން ފުވައްމުލަކުގައި 500 ކޮޓަރީގެ ހޮޓަލެއް އަޅަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 48 ސިކުންތު

ޏ. ފުވައްމުލަކު ސިޓީގައި 500 ކޮޓަރީގެ ކޮންފަރެންސް ފެސިލިޓީއެއް ހަދަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފުވައްމުލަކުގައި 1000 އެނދު ގާއިމް ކުރާއިރު 25 ކޮޓަރީގެ ކޮޓަރިތަކެއް ވެސް އެތަނުގައި ހަދާނެ ކަމަށެވެ.

"މީގެ ޕައިލޮޓް ޕްރޮޖެކްޓެއް އެބަ ހިންގަން ކާށިދޫގައި. އެފަދަ މޮޑެލްއަކަށް މިގާއިމް ކުރަނީ. ފުވައްމުލަކުގައި މިހާރު އެބައޮތް އެވަރަށް ޑިމާންޑު. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ވެގެން ދާއިރު އެބައޮތް ފުރުސަތު ގއ، ގދ، ގެ އިތުރުން ފުވައްމުލަކަށް ވެސް" މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މިމަޝްރޫއު ފެށުމުން ވަޒީފާތަކެއް ވެސް އުފެދިގެންދާނެ ކަމަށާއި މީގެ އިތުުރުން ބަނދަރު ބޮޑު ކުރުމާއި ސްވިމިންގ އޭރިއާގެ އިތުރުން ގިނަ ވަސީލަތްތަކެއް ވެސް ގާއިމް ކުރާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ