އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުރަތަމަ 100 ދުވަހުގެ ތެރޭގަ އެންމެ ކުޑަ މުސާރަ ކަނޑައެޅުމުގެ އަމަލީ މަސައްކަތް ފަށާނަން: އިބޫ

ފުރަތަމަ 100 ދުވަހުގެ ތެރޭގަ އެންމެ ކުޑަ މުސާރަ ކަނޑައެޅުމުގެ އަމަލީ މަސައްކަތް ފަށާނަން: އިބޫ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ކޯލިޝަނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެންމެ ކުޑަ މުސާރަ ކަނޑައެޅުމުގެ އަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީން ރޭ ގެނެސްދިން "ރައްޔިތުންގެ ދަރުބާރު" ޕްރޮގްރާމްގައި އިބޫ ވިދާޅުވީ ދެވޭ އެންމެ ކުޑަ މުސާރަ ކަނޑައެޅުމަކީ ކަމާއިބެހޭ ފަރާތްތަކާއި ވަރަށް ފުޅައު ދާއިރާގައި މަޝްވަރާކޮށް އަދި އެކަމަށް ޤާނޫނު ވެސް ފާސްކޮށްގެން ކުރެވެން އޮތް ކަމެއް ކަމަށެވެ.

އިބޫ ވިދާޅުވީ އެންމެ ކުޑަ މުސާރަ ކަނޑައެލުމުގައި ވަޒީފާ ދޭ ފަރާތްތަކަށްވެސް މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކުއްލި ކުއްލިއަށް ވަޒިފާ އިން ވަކިވުމާއި ޗުއްޓީގައި ދިއުމަށްފަހު ވަޒީފާ އަދާކުރާތަން ބަދަލުކުރުން ފަދަ ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި ކަމަށެވެ. އަދި އެކަންކަން އިޞްލާޙްކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން އިބޫ ވަނީ އެއް ވަޒީފާއެއް އަދާކުރާނަމަ ޤައުމާއި ޖިންސަށް ބެލުމެއް ނެތި އެންމެންނަށް ވެސް ހަމަހަމަ ކަމާއެކު މުސާރަ ހޯއްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ޤާނޫނުގައިވާ ގޮތަށް ސަރވިސް ޗާޖް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް