އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޭސްބުކް ޕްރޮފައިލް އަށް ޖަޒީރާ ރައްޖެ ފިލްޓަރ ލި ފުލުހަކު ޑީމޯޓް ކޮށްފި

ފޭސްބުކް ޕްރޮފައިލް އަށް ޖަޒީރާ ރައްޖެ ފިލްޓަރ ލި ފުލުހަކު ޑީމޯޓް ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

ފުލުހަކު ފޭސްބުކް ޕްރޮފައިލް ފޮޓޮއަށް "ޖަޒީރާ ރާއްޖެ" ގެ ފިލްޓަރ ލުމުން ޑިމޯޓް ކޮށް ހަތަރު އަހަރަށް ޕްރޮމޯޝަން ސަސްޕެންޑް ކޮށްފިއެވެ.

އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބަރާހިމް މުހައްމަދު ސޯލިހު އަށް ތާއިދު ކުރިކަމުގެ މައްސަލައިގައި ޑީމޯޓް ކޮށްފައިވަނީ ޖާދުއްﷲ އައްބާސް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ފުލުހުންނަކީ ސިޔާސީ ކަންތައްތަކުގައި ބައިވެރިވުމާއި ސިޔާސީ ފަރާތްތައް ޕްރޮމޯޓް ކުރުމަށް ހިނަގާ ކަންކަމުގައި ބައިވެރިވެގެން ނުވާނެ ބަޔަކަށްވުމުން، ޖާދުﷲ ޑީމޯޓް ކުރެވިފައި ވަނީ ފުލުހންގެ ގައިވައި ދުތަކާއި އެއްގޮތަށެވެ.

މިކަމާ ބެހޭގޮތުން ޖާދުﷲ ގެ ބޭނެ ސައުދުﷲ އައްބާސް މައުލޫމާތު ދެއްވަމުން ބުނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އަދަބު ނިންމީ ޖާދުﷲ އަމިއްލަ ނަފްސު ދިފާއުކުރުމަށް ފުރުސަތެއް ލިބެން ނެތް ކަމަށް ބުނެއެވެ. އެގޮތުން އޭނާ ބުނީ ކުރިން ސްޓާޕް ސާޖެންޓެއްގެ މަގާމުގައި ހުންނެވި ޖާދުﷲ މިހާރު ސާޖެންޓުގެ މަގާމަށް ޑީމޯޓް ކޮށްފައިވާ ކަމަށެއެވެ. އަދި ގާނޫނީ ގިތުން ކޮންމެ މީހަކަށްވެސް ލިބިގެނވާ ޚިޔަލު ކުރުމުގެ މިނިވަންކަން އޭނަގެ ކޮށްކޮށް މަހުރޫމް ކުރެވިފައި ވާކަމަށް ވެސް ބުންޏެވެ.

ފުލުހުންގެ ފަރާތުން އަދި މިމައްސަލަ އާި ބެހެއ ގޮތުން މައުލޫމަތެއް ލިބިފައި އެެއް ނުވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް