އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގުޅިފައިވާ އިއްތިހާދުގެ އެންމެ ފަހު ކެންޕޭން އައްޑޫ އަދި ފުވައްމުލަކުގައި

ގުޅިފައިވާ އިއްތިހާދުގެ އެންމެ ފަހު ކެންޕޭން އައްޑޫ އަދި ފުވައްމުލަކުގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

ގުޅިފައި ވާ ޕާޓީތަކުގެ ރިޔާސީ ކެމްޕޭންގެ އެންމެ ފަހު ކެންޕޭން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު މެންދުރުފަހު ގުޅިފައި ވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަންނިންމޭޓް ފައިސަލް ނަސީމް ވަނީ މި ދެސިޓީއަށް ފުރާ ވަޑައިގެންފައެވެ.

މިރޭގައި ފުވައްމުލަކުގައި ބޮޑުޖަލްސާއެއް ބޭވިގެން ދާއިރު މާދަމާ ރޭ އިއްތިހާދުގެ ކެނޑިޑޭޓާއި ރަންނިމޭޓު އައްޑޫ ސިޓީއަށް ވަޑައިގެން ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓާއި ރަންނިންމޭޓު އެކުކުގައި ކެންޕެއިން ކުރުމަށް މިހާތަނަށް ވަޑައިގެންފައި ވަނީ ފުވައްމުލަކަށާއި ކ.ކާށިދޫއަށެވެ.

މި ކެންޕެއިން ދަތުރުތަކުގައި ރިޔާސީ ކެނޑިޑޭޓައި ރަނިންމޭޓު ބަހާލައިގެން ގާތްގަނޑަކަތް ރާއްޖޭގެ ހުރިހާ ރައްތަކަށް ދަތުރުފުޅު ކުރަށްވާފައި ވެއެވެ. އަދި ބައެއް ރަށްރަށަށް އެއްފަހަރަށް ވުރެ ގަފަހަރު ދަތުރުފުޅު ކުރަށްވާފައިވެއެވެ. އެގޮތުން އައްޑޫ އާއި ފުވައްމުލަކަށް ވަނީ މީގެ ކުރިން ވެސް ދަތުރު ކުރަށްވާފައި އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް