އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންސް ތެެރޭގައި ދިރާގު ހިމެނިއްޖެ

ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންސް ތެެރޭގައި ދިރާގު ހިމެނިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

2018 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަން އެވޯޑު ކަމުގައިވާ، "ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސް" ގައި ދިރާގު ހިމެނިއްޖެއެވެ. މިއީ މިފަދަ ޝަރަފުވެރި އެވޯޑަށް ރާއްޖޭގެ ކުންފުންޏަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

"ރީބްރޭންޑް" އަކީ ދުނިޔޭގެ ބްރޭންޑް ޓްރާންސްފޯމޭޝާންތަކާއި ބެހޭ ގޮތުން ދިރާސާ ކުރާ އެންމެ ފުންނާބު އުސް ފަރާތެވެ. "ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސް" އަކީ "ރީބްރޭންޑް" އިން ދުނިޔޭގެ ބްރޭންޑް ޓްރާންސްފޯމޭޝަންތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި އެވޯޑެވެ.



މިޝަރަފުވެރި އެވޯޑުގެ ޖަޖިން ޕެނަލްގައި ހިމެނެނީ، އެކަމަށް އެންމެ ގާބިލު ބައިނަލްއަގުވާމީ އިންޑަސްޓްރީ އެކްސްޕަރޓުންނެވެ. އެޕެނަލުން ވަނީ 42 ޤައުމެއްގެ 37 އިންޑަސްތްރީގެ ބްރޭންޑްތައް ދިރާސާ ކޮށްފައެވެ.



"ގިނަ ބައިނަލްއަގުވާމީ ބްރޭންޑްތަކަކާއިއެކު މިފަދަ އެވޯޑެއްގައި ދިވެހި ކުންފުންޏެއް ހިމެނި، ދިރާގުގެ ނަން ފަވާލެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި ޝަރަފެއް. އަލުގަނޑުމެންގެ ބްރޭންޑަށް ގެނެވުނު ބަދަލާއިއެކު ފާއިތުމިވީ އެއް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ކަސްޓަމަރުން ބްރޭންޑަށް މިގެނައި ބަދަލު ބަލައިގަތް ކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. މިގެނައި ބަދަލަކީ ހަމައެކަނި ކުންފުނީގެ ލޯގޯ އާއި ކުލައަށް ގެނައި ބަދަލެއް ނޫން، މިއައި ބަދަލާއެކު ކުންފުނިން ދޭ ޚިދުމަތްތައް ކަމަށްވާ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ފަދަ ޚިދުމަތްތަކަށް ވަނީ އިންގިލާބީ ބަދަލުތައް ގެނެސްފަ. މިއައު ބްރޭންޑިންގ އިން ހާމަ ވެގެން ގޮސްފައިވަނީ ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަޤުބަލާ ރައްޓެހި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއްކަން" ދިރާގުގެ ސީނިއާރ މެނޭޖަރ އޮފް ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުޙައްމަދު މިރުޝާން ހަސަން ވިދާޅުވިއެވެ.

ދިރާގުން ވަނީ 2017 ވަނަ އަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހު، އެކުންފުނީގެ މައިގަނޑު ކުލައަކަށް އޮރެންޖު ކުލަ ޚިޔާރުކޮށް، މުޅިން އައު ލޯގޯއެއް ތަޢާރަފް ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ