އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެމްޕޭނު ނިންމާލުމަށް އިދިކޮޅުގެ ބޮޑު ހިނގާލުމެއް ހޮނިހިރު ދުވަހު

ކެމްޕޭނު ނިންމާލުމަށް އިދިކޮޅުގެ ބޮޑު ހިނގާލުމެއް ހޮނިހިރު ދުވަހު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ކުރާ ކެމްޕޭނު ނިންމާލުމުގެ ގޮތުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު ހިނގާލުމެއް 22 ސެޕްޓެމްބަރ 2018 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މިހިނގާލުމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މާލެ ސިޓީގެ މޭޔަރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުޙައްމަދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރި ހުރިހާ މަސައްކަތާއެކު ކެމްޕޭން ނިންމާލުމަށް ބާއްވާ ހަރަކާތް ހޮނިހިރު ދުވަހު ހަވީރު 16:00 އިން ފެށިގެން ސޯޝަލް ސެންޓަރު ކުރިމަތިން ފެށިގެންދާނެ ކަމަށާއި މިހަރަކާތް ނިންމާލުމަށް ހަމަޖެހިފައިވަނީ އެމްޑީޕީ ހަރުގެއާއި ހިސާބަށް ކަމަށެވެ.

އެއްވެސް ބޭފުޅަކު ބިރުގަންނަން ނުޖެހޭ ކަމަށާއި ޤާނޫނު އަސާސީން ލިބިފައިވާ ޙައްޤުގެ ބޭނުން ކުރައްވާ ވީހާވެސް ގިނަ ބޭފުޅުން މިހިނގާލުމުގައި ބައިވެރިވުމަށް ޝިފާ އެދިލައްވާފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ