އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމާމު ޙުސެއިން ރަޟީއަﷲ އަންހު ޝަހީދު ކޮށްލީ އާޝޫރާ ދުވަހު

އިމާމު ޙުސެއިން ރަޟީއަﷲ އަންހު ޝަހީދު ކޮށްލީ އާޝޫރާ ދުވަހު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

"އާޝޫރާ" ގެ މާނައަކީ ހަނދުމަ ކުރުމެވެ. މޫސާ އަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ފިރުއައުނުގެ ނުބައިކަމުން ސަލާމަތް ކުރުން މިދުވަހު ފާހަގަ ކުރަމުން އައި ފަހުން، މިދުވަހު ހިނގި އަނެއް ހާދިސާއަކީ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ މާފާ ދަރިކަލުން އިމާމް ޙުސެއިން ބިން ޢަލީ ރަޞިއަﷲ އަންހު ޝަހީޑު ކޮށްލެވުނު ހާދިސާއެވެ.

އެކަލޭގެފާނުގެ މައިކަމަނާއަކީ އައްސައްޔިދާ ފާޠިމަތުއްޒަޙްރާއު ރަޟިއަﷲ އަންހާ އެވެ. އަދި ބައްޕާފުޅަކީ އަލީ ބިން އަބީ ޠާލިބް އެވެ.

އިސްލާމީ ތާރީޚުން ހާމަވާ ގޮތުގައި، އިމާމު ޙުސެއިން ޝަހީދުކޮށްލީ ހިޖްރައިން 61 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ކަރްބަލާގެ ހަނގުރާމައިގައި އުމަވީ ލަޝްކަރުގައި ހިމެނޭ ސިނާން ބިން އަނަސް އޭ ކިޔުނު މީހެކެވެ. އެހަނގުރާމައިގައި އެކަލޭގެފާނުގެ އާއިލާގެ ވަރަށް ގިނަ ބޭފުޅުންނާއި ސަޙާބީން ވެސް ޝަހީދު ކޮށްލިއެވެ.

ހަނގުރާމައިގައި އިމާމު ޙުސެއިން އަށް ލިބިލެއްވި ޒަޚަމްތަކުގެ ސަބަބުން އެކަލޭގެފާނު ވަރަށް ބޮޑަށް ވަރުފުޅު ދެރަވިއެވެ. ލިބުނު ޒަޚަމްތަކުގެ ސަަބަބުން ވެއްޓި ވަޑައިގަނެ ބިންމަތިވެ ވަޑައިގަތުމުން، ޚޫލީ ބިން ޔަޒީދު ގާތު އިމާމު ޙުސެއިން ގެ އިސްތަށިފުޅު ކަނޑުއްވަން ސިނާން ބިން އަނަސް އަމުރު ކުރެއްވިއެވެ.

ޚޫލީ އެކަމާއި ކުރިމަތިލީ ނަމަވެސް އަތް ތުރުތުރު އެޅުމުގެ ސަބަބުން ބިރުން ފަހަތަށް ޖެހުނެވެ. އެހިނދު ސިނާން ބިން އަނަސް ރުޅިއައިސްގެން ޚޫތީ އާއި ދިމާލަށް ބުންޏެވެ. "މާތް ކަލާނގެ ކަލޭގެ އަތް ވާކުރައްވާށިއެވެ."

މިހެން ބުނެފައި ފޯރީގައި ގޮސް އިމާމު ރަޟިއަﷲ އަންހު ޒަބަޙަކޮށް، މިއުންމަތުގެ އިތުރު ނަބިއްޔާ (ޞޢޥ) ގެ ބޮސްދެއްވުމުގެ މަރުކަޒެއްކަމުގައި ހިމެނުނު މާތް އިސްތަށިފުޅު (އިމާމް ޙުސެއިން ރަޟިއަﷲ އަންޙު ގެ އިސްތަށިފުޅު) ހަށިކޮޅާއި ވަކިކޮށްލިއެވެ.

ޖައުފަރު ބިން ޢަލީ މުޙައްމަދުގެ ފަރާތުން ރިވާވެފައިވެއެވެ. އިމާމު ޙުސެއިން ރަޟިއަﷲ އަންހު ޝަހީދުވުމަށްފަހު ބެލިއިރު، އެކަލޭގެފާނުގެ ހަށިކޮޅުގައި ދުނީގެ ސަބަބުން އުފެދިފައި ހުރި ޒަޚަމްތަކުގެ އިތުރުން ލޮންސީގެ 33 ޒަޚަމާއި ކަނޑީގެ 34 ފާރުގަނޑު ހުއްޓެވެ.

އެކަލޭގެފާނުގެ އިސްތަށިފުޅު ހަށިކޮޅާއި ވަކިކޮށްލުމަށްފަހު ވެސް އުމަވީ ސިފައިން ކަން ކުރެއްވީ ވަރަށް ވެސް އިހާނެތި ގޮތަކަށެވެ. އިރާޤުގައި ހުރި އުމަވީ ގަވަރުނަރު އުބައިދު ބިން ޒިޔާދު، އިބްނު ސައުދަށް އަމުރުކުރީ، އިމާމު ހުސެއިން ރަޟިއަﷲ އަންހު ޝަހީދު ކުރުމަށްފަހު އެކަލޭގެފާނުގެ މާތް ހަށިކޮޅު މަތީގައި އަސްދުއްވާ، އިމާމް ޙުސެއިން ގެ ހަށިކޮޅު ޗިސްޗިސް ކޮށްލުމަށެވެ.

އެކަމުގެ ވަގުތު ޖެހުމުން، އެކަމަށް ގޮވާލުމުން، ރަސޫލާ (ޞޢޥ) ގެ ލޮބުވެތި މާފާ ދަރިކަލުންގެ ހަށިކޮޅު ޗިސްޗިސް ކޮށްލުމަށް 10 މީހުން ކުރިމަތިލިއެވެ.

އެބައިމީހުން އެމާތް ހަށިކޮޅު އަސްތަކުގެ ފައިދަށުލާ ޗިސްޗިސް ކޮށްލިއެވެ.

މަސްދަރު: ޠާހިރު އަޙްލު ބައިތުން/ ޢަބްދުﷲ ފާރޫޤް ޙަސަން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ