އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކައްވަޅުގަ ޖަވާބު ދޭން މަސައްކަތް ކުރި ނަމަވެސް ބައެއް މީހުންނަށް ނުދެވޭނެ ކަމުގެ ހެކި ދުނިޔެއިން ފެނުނީމަ ފެނުނުކަން އެނގޭބާ!

ކައްވަޅުގަ ޖަވާބު ދޭން މަސައްކަތް ކުރި ނަމަވެސް ބައެއް މީހުންނަށް ނުދެވޭނެ ކަމުގެ ހެކި ދުނިޔެއިން ފެނުނީމަ ފެނުނުކަން އެނގޭބާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

ކައްވަޅުގަ ޖަވާބު ދޭން މަސައްކަތް ކުރި ނަމަވެސް ބައެއް މީހުންނަށް ނުދެވޭނެ ކަމުގެ ހެކި ދުނިޔެއިން ފެނުނީމަ ފެނުނުކަން އެނގޭބާވައެވެ! ނުވަތަ އެކަން ޤަބޫލުކުރެވޭ ބާވައެވެ!

މިއަދުގެ ހުކުރު ނަމާދުގައި މިސްކިތެއްގައި ހިނގިކަމެކެވެ. އިމާމް މީހާ ދެވަނަ ރަކްއަތުގައިވެސް ކިޔަވަން މަސައްކަތްކުރެއްވީ އެއްބައިވަންތަކަމަށް ގޮވާލައްވަވައި ކީރިތި ޤްރްއާނުގައި ބަޔާންކުރައްވަވާފައިވާ އާޔަތްތަކެވެ. އެއީ ޢާންމުކޮށް އިމާމުން ވިދާޅުވަމުން ގެންދަވާ އާޔަތްތަކެވެ.

ނަމަވެސް އިމާމް 3 ފަހަރު މަތިން ފަށްޓަވައި މަސައްކަތް ކުރެއްވުމުން ވެސް ކުރިއަކަށް ނުގެންދެވުނެވެ. މައުމޫމުންގެ އެހީތެރިކަމާއިއެކު ފަށްޓަވައިގެންވެސް ކުރިއަށް ގެންދެވޭނެ މަގެއް ފެނިވަޑައިނުގަތުމުން އެންމެ ފަހުން ކުރުކޮށްލެއްވީއެވެ.

މިއީ ފުންކޮށް ވިސްނައިލުމުން އިބްރަތް ހާޞިލުކުރެވޭނެ ކަންކަމެވެ. މިދުނިޔޭގައި އެއްޗެއް ކިޔޭނީވެސް އަދި ކައްވަޅުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމަކީވެސް އެމީހަކު ބޭނުންވާހައި ގޮތަކަށް ކުރެވޭނެ ކަމެއް ނޫންކަމެވެ. ދުނިޔެ މަތީގައި މިފަދަ ކަންކަން އެދައްކަވަނީ މީސްތަކުން އެފަދަ ކަންކަމަށް ވިސްނައި ބިރުވެތިވުމަށެވެ. ހިތް ނިޔަތް ސީދާކުރުމުގެ މުހިންމުކަން މީސްތަކުންނަށް އަންގަވައި ދެއްވެވުމަށެވެ. ހިތަށް ބިރުވެރިކަން ގެނެސް ހިތާއި އަމަލު ސީދާ ކުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން މީސްތަކުންނަށް ބަޔާންކޮށް ދެއްވެވުމަށެވެ.

މިފަދަ ކަންކަން ހިނގަނީ ކޮންމެހެން އިމާމުގެ ކިބައިގައި އެފަދަ އެއްވެސް ކަމެއް އޮވެގެން ކަމަށް ބަލައިގެން ވެސް ނުވާނެއެވެ. އިމާމް މީހާއަކީ ކިތަންމެ ހިތާއި ނިޔަތް ސީދާ މީހަކު ނަމަވެސް މިފަދަ ކަމެއް މެދުވެރިވެދާނެއެވެ. އެހެން މީހުންނަށް ފިލާވަޅަކަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް