އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ހުރިހާ ރައްޔިތުންނަށް ޤާސިމް އިބްރާހީމްގެ އާދޭސް: އިބޫއަށް ވޯޓުދެއްވާ!

ދިވެހި ހުރިހާ ރައްޔިތުންނަށް ޤާސިމް އިބްރާހީމްގެ އާދޭސް: އިބޫއަށް ވޯޓުދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

ދިވެހިރާއްޖެއާއި، ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި އިބްރާހިމް މުހަންމަދު ސޯލިހަށް ވޯޓްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އާދޭހާއެކު ގޮވާލައްވައިފިއެވެ.

އެމަނިކުފާނުގެ ފޭސްބުކުގައި މިއަދު ޝާއިއުކުރެއްވި ވީޑިއޯ މެސެޖެއްގައި ރާއްޖޭގެ ރައްޔިތުންނަށް މުޚާތަބު ކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ނިކަމެތިކަމާއި އަނިޔާއާ އަދި ކޮރަޕްޝަނާއި ފަސާދައާއި އިންސާފު ނުލިބިގެންދާ ދިއުމާއި، މީހުންނަށް ލިބެމުންދާ އަނިޔާގެ ބޮޑުކަމާއި، ދިވެހިރާއްޖެއަށް ލިބެމުންދާ ނިކަމެތިކަމާއި، އަދި މުޅި ދުނިޔޭގެ ކުރިމަތީގަ ދިވެހިރާއްޖެ އެކަހެރިވަމުންދާ ދިއުމަކީ އެކަކަށްވެސް އޮޅިފައިވާކަމެއް ނޫން ކަމަށެވެ.

އެހެންކަމުން، މިކަންކަމުން ސަލާމަތްވުމަށްޓަކައި ކުރެވެން އޮތްކަމަކީ، ގާނޫނުއަސާސީގަ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ލިބިފައިވާ ބާރުގެ ބޭނުންކުރުން ކަމަށާއި، އެބާރުގެ ބޭނުން ކުރެވެން އޮތް ވަގުތަކީ މިމަހުގެ 23 ވަނަ ދުވަސް ކަމަށް ވިދާޅުވެފައި ވެއެވެ.

އާދީއްތަ ދުވަހު ނުކުމެ ވޯޓްލާއިރު ކެންޑިޑޭޓް ނަންބަރު 2 އަށް ވޯޓްލައިގެން މެނުވީ ރާއްޖެ މިހާރުމިއޮތް ހާލަތުން ސަލާމަތް ނުވާނެ ކަމަށްވެސް ގާސިމް އިބްރާހިމްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

"އެހެންވީމާ، އަޅުގަނޑު ދަންނަވާލަންއޮތީ، އަޅުގަނޑަށް ހެޔޮކަމެއް ކޮށްދެވިފަހުރި ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކު ވާނަމަ އަދި އާއިލާއެއްވެސް ވާނަމަ އަދި ރަށެއްވެސް ވާނަމަ އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު އާދޭހާއެކު މިދަންނަވަނީ، އިބްރާހިމް މުހަންމަދު ސޯލިހަށް ވޯޓްދެއްވުން. އަޅުގަނޑު ރައްބީގެ ސަލާމުން ސަލާމްޖަހާފަ މިދަންނަވަނީ، އަޅުގަނޑަށް ހެޔޮކަމެއް ކޮށްދެވިފައޮތް ހުރިހާ ފަރާތަކަށް އަޅުގަނޑު މިދަންނަވަނީ، އިބްރާހިމް މުހަންމަދު ސޯލިހަށް ވޯޓްދެއްވާށޭ. އާދެ، އެއީއޭ އަޅުގަނޑުމެންނަށް ހަމައެކަނި ސަލާމަތްވެވެންއޮތް ގޮތަކީ. އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރެވެން އޮތް ގޮތަކީ" ގާސިމް އިބްރާހިމް ވިދާޅުވެފައި ވެއެވެ.

ގާސިމްގެ މެސެޖްގައި ވިދާޅުވެފައިވަނީ، ދީނާއި ގައުމު ސަލާމަތް ކުރުމަށާއި، މިނިވަންކަން ހޯދުމަށްޓަކައި، ރާއްޖެ ދުނިޔެއިން އެކަހެރިވަމުންދާ އެކަހެރިވުމުން ސަލާމަތްވުމަށްޓަކައި، ގާނޫނުއަސާސީއާއި ދުސްތޫރީ ހަމަތަކާއި، އިންސާފު ލިބިގަތުމަށްޓަކައި، އަނިޔާއިން ސަލާމަތްވުމަށްޓަކައި މާއްދިއްޔަތަށް ނުހެއްލި މިކަން ކުރަންޖެހޭ ކަމަށެވެ.

"މިވަގުތު ފުލުހުންނާއި ސިފައިންނަށްވެސް އަދި ޖުޑިޝަރީއަށްވެސް އަޅުގަނޑު ދަންނަވާލަންއޮތީ، މިކަމުގަ އިންސާފުވެރި ކަމާއެކީ މިކަން ނިންމަވައްޗޭ. އެއީ، ރައްޔިތުން ނިންމީމާ އެކަން އެއާ ޚިލާފަށް ގެންދެވޭނެ ކަމަށް އަޅުގަނޑުމެން އެކަކުވެސް ގަބޫލުކޮށްގެން ނުވާނެ. އެއީ ގާނޫނުއަސާސީގަވާ ހަމަތަކަކީވެސް އަދި އިސްލާމްދީނުގަވާ އުސޫލުތަކަކީވެސް" ޖޭޕީގެ ލީޑަރ ވިދާޅުވެފައި ވެއެވެ.

ގާސިމް ވިދާޅުވީ، އާދީއްތަދުވަހު ހެނދުނު ނުކުމެ ވޯޓްދިނުމަށްފަހު އެނބުރި ގެއަށް ވަންނަންވާނީ ވޯޓުގެ ނަތީޖާ ލިބުމަށްފަހުގައި ކަމަށެވެ. ވޯޓުގެ ތެރޭގައި ވަރަށް ނުބައި ވިޔާނުދާ ކަންތައްތައް ރާވަމުންދާކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެހެންނަމަވެސް ހައްގުގެ ކަމުގައިތިބީ އަޅުގަނޑުމެން ކަމުގައިވާތީ އަޅުގަނޑުމެންނަށް ކާމިޔާބު ލިބިގެންދާނެކަމީ އެއްވެސް ޝައްކެއްއޮތްކަމެއް ނޫން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

"ކޮންމެ ވާހަކައެއް ދެއްކިޔަސް ކޮންމެ އަޑެއް އެރުވިޔަސް އިރާދަކުރެއްވިއްޔާ ﷲ ސުބްހާނަހޫ ވަތަޢާލާގެ އަމުރާއި އިރާދަފުޅުން ވެރިކަމުގެ ހުވާ ކުރައްވާނީ އިބްރާހިމް މުހަންމަދު ސޯލިހް. ރައްޔިތުން ވޯޓްދެއްވާނީ އިބްރާހިމް މުހަންމަދު ސޯލިހަށް. ބޮޑު ތަފާތަކުން އިބްރާހިމް މުހަންމަދު ސޯލިހް ހޮވިވަޑައިގަންނަވާނެ ކަމާމެދު އަޅުގަނޑު ޝައްކެއްނުކުރަން، ތިބޭފުޅުންވެސް ޝައްކެއް ނުކުރައްވާނެ ކަމަށް އަޅުގަނޑު ޔަގީންކުރަން" ގާސިމް އިބްރާހިމްގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.

ޤާސިމް އިބްރާހީމްގެ އާދޭސް (ވީޑިއޯ):

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް