އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީމާންކަންމަތީ ސާބިތުވެ ހުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

އީމާންކަންމަތީ ސާބިތުވެ ހުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

ދާއިމީ ގޮތެއްގައި ވަރުގަދަ އީމާންތެރިކަމެއްގައި ދެމިހުރުމަށްޓަކައި ކުރަންވީ ކަންތައްތައް ބައިވަރެވެ. އެއިގެ ތެރޭގައި:

.1 ގިނަގިނައިން ކީރިތި ޤްރްއާން ކިޔަވައި އެއިގެ މާނައާއިމެދު ފުންކޮށް ވިސްނުން. ޤްރްއާނުގައި އައިސްފައިވާ ސުވަރުގެއާއި ނަރަކައިގެ ވާހަކަތަކާއި އިސްވެ ދިއަ އުންމަތްތަކުގެ މީހުންގެ ވާހަކަ ހިތްމައްޗަށް ގެނައުމުން އީމާންތެރިކަން ވަރުގަދަވެގެންދާނެއެވެ.

.2 ރަސޫލާ (ޞޢވ) ގެ ސިޔަރަތު ދިރާސާކުރުން. އަދި ޞަޙާބީން އެބޭކަލުންގެ ދިރިއުޅުއްވުން ބައްޓަންކުރެއްވެވި ގޮތުގެ ވާހަކަތައް ކިޔައި އެވާހަކަތަކާއި މެދުގައި ވިސްނައި ފިކުރުކުރުން. މީގެ އިތުރުން ޞާލިޙް ރަނގަޅު ބޭކަލުންގެ ދިރިއުޅުއްވުމުން ޢިބްރަތް ޙާޞިލުކުރުން.
.3 ތިމާގެ ނަފުސުގެ އަމަލުތައް އަމިއްލައަށް ހިސާބުކޮށް މަރުވާނެކަން ހަނދާންކުރުން. އަދި މަރުވުމަށްފަހުގައި ތިމާ ކުޅަ އަމަލުތަކަށް މާތް ﷲ ހިސާބު ބައްލަވާނެކަން ހިތްމައްޗަށް ގެނައުން.

.4 ތިމާގެ އެކު އުޅޭ ރަޙްމަތްތެރިންނަކީ ހެޔޮލަފާ ޞާލިޙް ރަނގަޅު ރަޙްމަތްތެރިން ކަމުގައި ހެދުން. ސަބަބަކީ ވަރަށް ގިނަ ފަހަރަށް އެކުއުޅޭ މީހެއްގެ ސަބަބުން އިންސާނާގެ އަމަލުތަކަށް ބަދަލު އަންނާނެތީއެވެ.

.5 ދީނީ ދަރުސްތަކަށް ހާޒިރުވެ، ދީނީ މައުލޫމާތުގެ ޚަޒާނާ މުއްސަނދިކުރުން. އަދި ދީނީ މައުލޫމާތު ގިނަގިނައިން ހޯދައި ދިރާސާކުރުން.
.6 ރޭޑިއޯ ޓީވީން އަންނަ ދީނީ ޕްރޮގްރާމްތައް ބަލާ އަޑުއަހާ ހެދުން.

މިނޫންވެސް އެތައް ކަމެއް އީމާންކަން ވަރުގަދަކުރުމުގެ ގޮތުން ކުރެވިދާނެއެވެ. ހުރިހާ ކަމެއް ނުކުރެވޭނަމަ ކޮންމެވެސް އެއްކަމެއް ދާއިމީ ގޮތެއްގައި ކުރެވޭތޯ ބަލަންވާނެއެވެ. ނޫންނަމަ ޝައިޠާނާ ތިމާ ބަލިކޮށްލާތަން އައުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

މާތް ﷲ އަޅުގަނޑަށާއި ތިއަ ލޮބުވެތި އެންމެހައި އަޚުންނާއި އުޚުތުންނަށް ހެޔޮ ތައުފީޤް ދެއްވަވައި އަޅުގަނޑުމެން އެންމެންގެ އީމާންތެރިކަން ވަރުގަދަކޮށްދެއްވަވާށި! އާމީން.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް