އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހަށް ހާޒިރުވާން ނުވެސް އަންގައި ޝައިޚް އިލްޔާސްގެ ޕާސްޕޯޓް ހިފެހެއްޓީ ވޯޓަށް ނުފޫޒު ފޯރުވަން: ޑރ. އިޔާޟް

ފުލުހަށް ހާޒިރުވާން ނުވެސް އަންގައި ޝައިޚް އިލްޔާސްގެ ޕާސްޕޯޓް ހިފެހެއްޓީ ވޯޓަށް ނުފޫޒު ފޯރުވަން: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 51 ސިކުންތު

ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މެލޭސިޔާއަށް ފުރާވަޑައިގަންނަވަން އުޅުއްވުމުން ޕާސްޕޯޓް ހިފެހެއްޓީ ވޯޓަށް ނުފޫޒު ފޯރުވަން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް ވިދާޅުވީ ޝައިޚް އިލްޔާސް ޙުސައިން ރާއްޖެ ވަޑައިގެން އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވި ކަމުގެ މައުލޫމާތު ވަނީ ފުލުހުންނަށް ދެއްވާފައި ކަމަށާއި ނަމަވެސް 48 ގަޑިއިރު ރާއްޖޭގައި ހޭދަކުރެއްވިއިރުވެސް ފުލުހުންނަށް ހާޒިރުވެވަޑައިގަތުމަށްވެސް އަންގާފއި ނުވާ ކަމަށެވެ.

ޝައިޚް އިލްޔާސް ވޯޓުލައްވަން ރަޖިސްޓްރީކޮށްފައިވަނީ މެލޭސިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ކަމަށާއި އެހެންކަމުން ވޯޓުލައްވަން ފުރާވަޑައިގަންނަވަން އުޅުއްވުމުން ޕާސްޕޯޓް ހިފެހެއްޓީ ވޯޓަށް ނުފޫޒު ފޯރުވަން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ.

"ޝައިޚް އިލްޔާސް ޙުސައިން ރާއްޖެ ވަޑައިގެން އެކަމުގެ ޚަބަރު ވަނީ ދަންނަވާފަ. 48 ގަޑިއިރު ރާއްޖޭގައި ހޭދަކުރެއްވިއިރުވެސް ފުލުހުންނަށް ހާޒިރުވުމަށް އަންގާފައެއް ނުވޭ. ޝައިޚް ވޯޓުލާން ރަޖިސްޓްރީކޮށްފައިވަނީ ކުއަލަލަމްޕޫރުގައި ކަމުން ވޯޓުލައްވަން ފުރާވަޑައިގަންނަވަން އުޅުއްވުމުން ޕާސްޕޯޓް ހިފެހެއްޓީ ވޯޓަށް ނުފޫޒު ފޯރުވަން."

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް