އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައްކަމާ ނާއިންޞާފާ އަނިޔާވެރިކަމަށް އިސްލާމް ދީނުގެ އެއްވެސް އީލްމުވެރިއަކު ތާއީދެއް ނުކުރާނެ: ކާނަލް ނާޒިމްގެ ޢާއިލާ

ވައްކަމާ ނާއިންޞާފާ އަނިޔާވެރިކަމަށް އިސްލާމް ދީނުގެ އެއްވެސް އީލްމުވެރިއަކު ތާއީދެއް ނުކުރާނެ: ކާނަލް ނާޒިމްގެ ޢާއިލާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 3 ސިކުންތު

ވައްކަމާއި ނާއިންޞާފާއި އަނިޔާވެރިކަމަށް އިސްލާމް ދީނުގެ އެއްވެސް އީލްމުވެރިއަކު ތާއީދެއް ނުކުރާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމްގެ ޢާއިލާއިން ބުނެފިއެވެ.

ކާނަލް މާޒިމުގެ ކޮއްކޮ އާދަމް ޢާޒިމް ވިދާޅުވީ ވޯޓުލާ ދުވަސް އައިސް ޖެހުމާއިއެކު ދީނީ ޖަމާއަތްތަކާއި އިލްމުވެރިންގެ ބަޔާންތަކާއި ރައުޔުތަކާއި ވީޑިއޯތަކާއި ބަސްފުޅުތަކުން ސޯޝަލް މީޑިއާ ފުރި އުތުރި އަރަމުންދާއިރު ދިވެހި ރައްޔިތަކު އެއްވެސް ކުށެއް ކުރުމަކާއި ނުލައި ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ 3 އަހަރުވީއިރު މި ބޭބޭފުޅުންގެ އެއްވެސް ބަހެއް ނުއިވޭތީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އާދަމް އާޒިމް ވިދާޅުވީ މިފަދަ ބަސްފުޅުތައް މިހައި ގިނަވެފައިވާއިރު އެއްވެސް ކުށެއް ކުރެއްވުމަކާއި ނުލައި ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ 3 އަހަރުވެފައިވާ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމްގެ ޙައްޤުގައި ބަސްފުޅެއް ވިދާޅުވެފައިވަނީ ކޮން އިލްމުވެރިން ކަމާއިމެދު ސުވާލުކުރައްވަން ބޭނުންފުޅު ކަމަށެވެ.

"ކޯޓުން ޙުކުމް ކުރީ ތަޙްޤީޤް ފުރިހަމަ ނުކޮށެވެ. ތަޙްޤީޤް ނިމުނު އިރު ކާނަލް ނާޒިމް ދިރިއުޅުއްވި ކޮޓަރިކޮޅުން ފެނުނު ފިސްތޯލައިން ވަނީ ތަފާތު 3 މީހެއްގެ ޑީއެންއޭ ފެނިފައެވެ. އެއިގެ ތެރެއިން އެއް ޑީއެންއޭ ދިމާވަނީ އަޙްމަދު އަދީބު އާއި އެވެ. އިތުރަށް ފެނިފައިވާ 2 ޑީއެންއޭ ދިމާވަނީ ކޮން ބައަކާއިކަން ބަލަން އަދި މިހައި ތަނަށް ކުރި މަސައްކަތެއް އެނގޭކަށް ނެތެވެ."

ކާނަލް ނާޒިމް އާއި އެމަނިކުފާނުގެ ޢާއިލާއިން ވަނީ ފުލުހުންނަށް ޑީއެންއޭ ސާމްޕަލް ޙަވާލުކޮށްފައެވެ. އެހެންކަމުން އެފިސްތޯލައިން ކާނަލް ނާޒިމްގެ ނުވަތަ ނާޒިމްގެ ޢާއިލާގެ އެއްވެސް ބޭފުޅެއްގެ ޑީއެންއޭ ނުފެންނަކަން މިވަނީ ހާމަވެފައެވެ.

އާދަމް ޢާޒިމް ވިދާޅުވީ މިއީ ކާނަލް ނާޒިމްގެ ޢާއިލާއިން ދައްކާ ވާހަކަތަކެއް ނޫން ކަމަށާއި މިއީ ފުލުހުން ޢާންމުކޮށް ހާމަކޮށްފައިވާ ފުލުހުންގެ ބަސް ކަމަށެވެ. "މިކަންކަމާއި ގުޅިގެން އަޅުގަނޑުމެން އާދޭސް ނުކުރާ ކޯޓެއް ނުހުންނާނެ. ޕީޖީ އަށް އާދޭސްކޮށްފިން. ފުލުހުންނަށް އާދޭސްކޮށްފިން. ރައީސުލްޖުމްހޫރިއްޔާއަށް އެތައް ފަހަރެއްގެ މަތިން އާދޭސްކޮށް އިލްތިމާސްކޮށްފިން. 3 އަހަރުވެގެންދާއިރު ހަމަ އެއްވެސް ޖަވާބެއް ނުލިބުނު."

އާދަމް ޢާޒިމް ވިދާޅުވީ މިކަންކަމާއިމެދު ޢާއިލާގެ ކަންބޮޑުވުންތައް މިގެންދަނީ ތަކުރާރުކޮށް ހާމަކުރަމުން ކަމަށާއި މިކަންކަން އެނގިވަޑައި ނުގަންނަވާ ދީނީ ޢިލްމުވެރިއަކު ހުންނެވި ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"ހަމަ އެ އިލްމުވެރިން އެބަ ވިދާޅުވޭ. އިސްލާމް ދީނުގެ އެންމެ ބޮޑު މަޤްޞަދަކީ މީސްތަކުންގެ މެދުގައި ހަމަހަމަކަމާއިއެކު އަދުލުވެރިކަން ޤާއިމުކުރުންކަމަށް. ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއިއެކު އިންޞާފު ލިބެންޖެހޭނެ ކަމަށް. ކުށެއް ނުކުރާ މީހަކަށް އަދަބު ދިނުމަކީ އަނިޔާކުރުންކަމަށް. އަނިޔާވެރިންނާ، ޚިޔާނާތްތެރިންނަކީ ކައު އިތުރު ރަސޫލާގެ އުންމަތުގެ މީހުން ނޫން ކަމަށް."

އާދަމް ޢާޒިމް ވިދާޅުވީ އިންޞާފު ލިބުމުގެ ކަންކަން އިސްލާމް ދީނުގައި މިހައި މުހިންމުއިރު މިއިން އެއްވެސް ކަމަކަށް ވާހަކަ ނުދައްކައި ބަހެއް ނުބުނެ ދީނީ ޢިލްމުވެރިން ވޯޓަށް ކެންޕޭނު ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އާދަމް ޢާޒިމް ވިދާޅުވީ ރައީސް ޔާމީނު ވެރިކަމުގައި ހުންނަވައިގެން ބޭބެ، ކާނަލް ނާޒިމަށް އިންޞާފު ލިބޭނެ އެއްވެސް ގޮތެއް އޮތް ކަމަށް ޤަބޫލު ކުރެވޭނެ އެއްވެސް ގޮތެއް މިހާރު ނެތް ކަމަށެވެ. އެހެންކަމުން ދީނީ ޢިލްމުވެރިން މެދުވެރިވެވަޑައިގެން ކާނަލް ނާޒިމަށް އިންޞާފު ލިބެން ހުރަސް އެޅޭނެ އެއްވެސް ކަމަކަށް ހިއްވަރު ނުދެއްވުމަށް ނާޒިމްގެ ޢާއިލާއިން ވަރަށް ބޮޑަށް އެދި އާދޭސްކުރާ ކަމަށެވެ.

"ހަމަ ޤައިމުވެސް މަޙްޝަރު ދުވަހު އިންޞާފު ލިބޭނެ. މިދުނިޔޭގަ އިންޞާފު ނުދިން އަނިޔާވެރިން ފަދައިން އިންޞާފު ލިބުމަށް ހުރަސްއެޅި ބައަކަށްވެސް ޖެހޭނީ ވާގިވެރިންގެ ގޮތުގައި ޒިންމާ އުފުލަން." ކަމަށްވެސް އާދަމް ޢާޒިމް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް