އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދު ހަވީރު 6 ގެ ފަހުން ކެމްޕެއިން ކުރުން މަނާ

މިއަދު ހަވީރު 6 ގެ ފަހުން ކެމްޕެއިން ކުރުން މަނާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 44 ސިކުންތު

މާދަމާ އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން މިއަދު ހަވީރު 18:00 ގެ ފަހުން އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

އީސީ އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދު ހަވީރު 18:00 (ހައެއް) އިން ފެށިގެން ހޯމަ ދުވަހުގެ ހެނދުނު 6:00 އާއި ހަމައަށް އެއްވެސް ކެންޑިޑޭޓަކަސް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަވާފަދަ ކަމެއް ނުވަތަ އިންތިހާބަށް ނުފޫޒު ފޯރާފަދަ ކަމެއް ނުކުރަން އެކޮމިޝަނުން އަންގާ ކަމަށެވެ.

އިންތިހާބުތަކާއި ބެހޭ އާންމު ޤާނޫނު ބުނާގޮތުގައި ވޯޓު ނަގާ ދުވަހުގެ ކުރީ ދުވަހު ހަވީރު 18:00 އިން ފެށިގެން ވޯޓު ނަގާ ދުވަހާއި އޭގެ ފަހު ދުވަހުގެ ހެނދުނު 6:00 އާއި ހަމައަސް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ނައްތާލުމަށް މަގުފަހިވާފަދަ އެއްވެސް އަމަލެއް ހިިންގުމަކީ މަނާ ކަމެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ