އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާމެންދޫ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ﷲ ގެ ގެކޮޅު ބިނާކުރަން ޚަރަދުކުރި ފަރާތް އޮޅުވާލުމުން: އަބޫބަކުރު ޙުސައިން

މާމެންދޫ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ ﷲ ގެ ގެކޮޅު ބިނާކުރަން ޚަރަދުކުރި ފަރާތް އޮޅުވާލުމުން: އަބޫބަކުރު ޙުސައިން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 12 ސިކުންތު

ހައްދުންމަތި މާމެންދޫ ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ މާމެންދޫގައި މިސްކިތް، "ﷲގެ ގެކޮޅު" ބިނާކޮށް މިސްކިތް އަޅަން ޚަރަދުކުރި ފަރާތް އޮޅުވާލުމުން ކަމަށް އަބޫބަކުރު ޙުސައިން ވިދާޅުވެއްޖެއެވެ.

ކުޑަކަތީބުކަމާ ކަތީބުކަން 19 އަހަރު، އިންތިޤާލީ މަރުހަލާގައި ކައުންސިލަރުކަން އަދި ކައުންސިލުގައި ދެ ދައުރު ޚިދުމަތް ކުރައްވާފައިވާ އަބޫބަކުރު ޙުސައިން ވިދާޅުވީ ރަށްވެހި ތަރައްޤީ ފޮތުގައި ފާއިތުވި 5 އަހަރު ދައުލަތުން ޚުރި ޚަރަދުތައް ބަޔާންކޮށްފައިވާ ގޮތުން ބޮޑެތި އޮޅުންތައް ވަނީ ރައްޔިތުންނަށް އަރާފައި ކަމަށެވެ.



"މި މައްސަލަ ސަމާލުކަމަށް އައީ ހައްދުންމަތީ މާމެންދޫ އާއި ބެހޭ ގޮތުން ދައުލަތުގެ މީޑިއާއިން ގެނެސްދިން ރިޕޯޓާއި ގުޅިގެން. ރައްޔިތުންގެ ގިނަ ބައަކު ބެލިއިރު ރަށްވެހި ތަރައްޤީ ވެބްސައިޓުގައި ރަށްރަށަށް ދައުލަތުން ކުރި ހޭދަ ހާމަކޮށްފައިވާއިރު މާމެންދޫގައި މިސްކިތެއް އަޅަން 6.5 މިލިއަން ރުފިޔާ ޚަރަދުކުރި ކަމަށް ވަނީ ހާމަކޮށްފަ. އިތުރު ތަފްޞީލެއް ނެތުމުން ހާމަވަނީ ދައުލަތުން ކުރި ޚަރަދެއްގެ ގޮތުގަ. ނަމަވެސް އެ މިސްކިތް އަޅާފައިވަނީ ދައުލަތުން އެންމެ ރުފިޔާއެއްވެސް ޚަރަދުކޮށްގެނެއް ނޫން."



އަބޫބަކުރު ޙުސައިން ވިދާޅުވީ އަލިފުޅު ތުއްތު ފައުންޑޭޝަނުން ބުނެފައިވަނީ އެ މިސްކިތް އަޅައިދިނީ ﷲ އަށްޓަކައި އެ ފައުންޑޭޝަނުން ކަމަށާއި އެހެންކަމަށްވާއިރު މިސްކިތަށް ޚަރަދުކުރި ފަރާތް އެނގެން ނޯންނަ ގޮތަށް ވެބްސައިޓުގައި އަދި ފޮތުގައި ހާމަކުރުމުން މާމެންދޫ ރައްޔިތުންގެ ގިނަ ބައަކު ވަނީ ނުރުހި ކަންބޮޑުވުން ފައުޅުކޮށްފައި ކަމަށެވެ. "ވެބްސައިޓުގަ އޮތް ގޮތުން ބަލާ މީހަކަށް ހީވާނީ އެއީ ދައުލަތުން ނޫނީ ސަރުކާރުން ކުރި ޚަރަދެއް ކަމަށް. ދައުލަތުން ކުރި ޚަރަދުތަކާ އެއް ގޮޅިއެއްގަ ޝާއިޢުކޮށްފަވާތީ. އަދި އެޚަރަދުކުރީ ދައުލަތުން ނޫންކަން އެނގޭނެ ގޮތެއް ނެތީމަ އެ ގޮޅިން."

ޕީއެސްއެމްގެ އިސްބޭފުޅަކު ވިދާޅުވެފައި ވަނީ އެރިޕޯޓު ގެނެސްދީފައިވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ރަށްވެހި ތަރައްޤީގެ ވެބްސައިޓާއި އެއްގޮތަށް އެއްވެސް އުނި އިތުރު ކުރުމެއް ނެތި ކަމަށެވެ.

އަބޫބަކުރު ޙުސައިން ވިދާޅުވީ މިސްކިތްތަކަކީ ބިންމަތީގައި ޤާއިމުކުރެވޭ ﷲ ތަޢާލާގެ ގެކޮޅުތައް ކަމަށްވާއިރު އެފަދަ މާތްތަނެއް ބިނާކުރުމަށްފަހު މިފަދަ އޮޅުންތައް އަރާގޮތަށް ކަންތައްތައްކޮށް އެކަމުގެ "ކްރެޑިޓް" ނަގަން އުޅޭ ބައަކު ނުކުރާނީ ކޮން ކަމެއް ކަމާއިމެދު ރައްޔިތުންގެ ގިނަ ބައަކު ސުވާލު އުފައްދާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް