އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިޑީކާޑު ވިއްކި ކަމުގެ ތުހުމަތުގައި ރަތަފަންދޫއިން އެމްޑީޕީ ބަޔަކު ހައްޔަރު ކޮށްފި

އައިޑީކާޑު ވިއްކި ކަމުގެ ތުހުމަތުގައި ރަތަފަންދޫއިން އެމްޑީޕީ ބަޔަކު ހައްޔަރު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

އައިޑީ ކާޑު "ވިއްކި" ކަމުގެ ތުހުމަތުގައި ގދ. ރަތަފަންދޫ އިން އެމްޑީޕީ އަށް ނިސްބަތްވާ ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އައިޑީ ކާޑު ވިއްކާ ކަމުގެ ޝަކުވާއެއް ލިބިގެން ހަތަރު މީހަކު ރަތަފަންދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައިވާ ކަމަށާއި އެމީހުން އަދިވެސް އެތަނުގައި ތިބި ކަމަށެވެ.

އައިޑީ ކާޑު ވިއްކި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ހަތަރު ޒުވާނަކު ހައްޔަރު ކޮށްފައިވީ ނަމަވެސް ރަތަފަންދޫ ކައުންސިލްގެ ރައީސް ހުނެއިފް އަސްލަމް ވިދާޅުވީ، އެޒުވާނުންތައް ހައްޔަރު ކުރީ އެމީހުންގެ އައިޑީކާޑު ފުލުހުންނަށް ދިނުމާއި ދެކޮޅު ހެދުމުން ކަމަށެވެ.

"އެމީހުން މިއަދު ރަށަކަށް ފުރަން އުޅެނިކޮށް ފުލުހުން ގޮސް ހުއްޓުވާފައި ބުނީ އައިޑީ ކާޑު ދައްކަން. އެމީހުން ބުނި ކަމަށްވަނީ ނެތޭ. އެހެންވެ އެކަމާ ގުޅިގެން ހައްޔަރު ކުރީ" ކައުންސިލްގެ އެމްޑީޕީ މެމްބަރު ވިދާޅުވިއެވެ.

އައިޑީކާޑު ވިއްކަން އެމީހުން އުޅުނު ކަމަށް ބުނާ ވާހަކަ ހުނެއިފް ދޮގު ކުރައްވާ ވިދާޅުވީ އެ ހަތަރު ޒުވާނުން ކައިރިއަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް އައިޑީ ކާޑު "ގަންނަން" ދިޔަ ކަމަށާއި ނަމަވެސް އައިޑީކާޑު ނެތުމުން އެމައްސަލަ ފުލުހުންނަށް ހުށަހެޅީ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ