އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބްރިޖު ދަށުން ކަނޑުއުޅަނދު ފަހަރުން ދަތުރު ނުކުރުމަށް އަންގައިފި

ބްރިޖު ދަށުން ކަނޑުއުޅަނދު ފަހަރުން ދަތުރު ނުކުރުމަށް އަންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 36 ސިކުންތު

މާލެއާއި ހުޅުލެ ގުޅާލާފައިވާ ސިނަމާލެ ބްރިޖު ދަށުން ކަނޑު އުޅަނދު ފަހަރުން އަދި ދަތުރު ނުކުރުމަށް ހައުސިން މިނިސްޓްރީން އަންގައިފިއެވެ.

އެމިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބްރިޖުގެ މަސައްކަތް ކުރުމަށް ހެދި ވަގުތީ ޕްލެޓްފޯމްތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެމަސައްކަތް ކުރިއަށްދާތީ އެސަރަޙައްދުން ކަނޑުއުޅަނދު ދަތުރުކުރުން ރައްކާތެރި ނޫން ކަމަށެވެ.

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް އެސަރަޙައްދުން ކަނޑުއުޅަނދު ދަތުރުކުރުން 2016 ވަނަ އަހަރުގެ ތެރޭގައި މަނާކުރިއެވެ. އެއާއެކު ލޮނުޒިޔާރަތްކޮޅުން ރާޅާ އެޅުންވެސް މަނާ ކުރިއެވެ.
ނަމަވެސް ބްރިޖު ހުޅުވުމަށްފަހު އެސަރަޙައްދުން ރާޅާ އެޅުން މިހާރު ވަނީ ހުއްދަ ކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ