އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިން މަސް ފަހުން ޔުމްނާގެ ޓްވީޓެއް- ހިތްވަރުގަދަ މެސެޖުތަކެއްދޭ ފޮޓޯއެއް

ތިން މަސް ފަހުން ޔުމްނާގެ ޓްވީޓެއް- ހިތްވަރުގަދަ މެސެޖުތަކެއްދޭ ފޮޓޯއެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން، ވަރަށް ވެސް ސާދާ މެސެޖުތަކެއްދޭ ފޮޓޯއެއް ޓްވީޓު ކުރައްވައިފިއެވެ.

ޓްވިޓާގައި ވަރަށް ހަލަބޮލިކޮށް އުޅުމަށްފަހު، ތިން މަހަށްވުރެ ގިނަ ދުވަހު އެއްވެސް ޓްވީޓެއް ނުކުރައްވާ އެކަން މެދުކަނޑާލުމަށްފަހު، މިއަދު އެކަމަނާ ޓްވީޓު ކުރެއްވީ ފޮޓޯއެކެވެ.

އެފޮޓޯއިން ޕީސް (ސުލްޙަވެރި) ސައިން ފެންނައިރު، ކޮންމެ އިނގިއްޔެއްގައި ވެސް މެސެޖުތަކެއް ވެއެވެ. އެއީ ހޯޕް (އުންމީދު)، ޕީސް (ސުލްޙަ)، ލަވް (ލޯބި)، ފެއިތު (އީމާންތެރިކަން) އަދި ޖޯއީ (ހިތްހަމަޖެހުން) އެވެ.

އަތްތިލައިގައި ހެޕިނެސް (އުފާވެރިކަން) އަދި ޔުނިޓީ (އެއްބައިވަންތަކަން) ވެސް ލިޔެވިފައިވެއެވެ.

ޔުމްނާ މައުމޫންގެ މިފޮޓޯ މެސެޖަށް ގިނަ ބަޔަކު އެކަމަނާއަށް ސަނާ ކިޔާފައިވެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިއުލާނު ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ޔުމްނާ މައުމޫންގެ ބައްޕާފުޅު ރައީސް މައުމޫން އާއި އެކަމަނާގެ ފިރިކަލުން މުޙައްމަދު ނަދީމް ގެ މައްޗަށް މިސަރުކާރުން ވަނީ ޓެރަރިޒަމްގެ ދައުވާކޮށް ހައްޔަރުކޮށްފައެވެ. އަދި އެކަމަނާގެ ކޮއްކޯފުޅު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަނީ މީގެ އަހަރަކަށްވުރެ ގިނަ ދުވަސް ކުރިން ހައްޔަރު ކޮށްފައެވެ.

އޭގެ ފަހުން ދުވަސްކޮޅަކު ޓްވިޓާގައި އުޅުމަށްފަހު، އެންމެ ފަހުން އެކަމަނާ ޓްވީޓެއް ކުރައްވާފައިވަނީ މިއަހަރުގެ ޖޫން މަހު މެދެއްހާތާގައެވެ.




Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ