އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާފުށީ ކައުންސިލުގެ ރައީސް ހައްޔަރުކޮށްފި- އިބޫގެ އޮފީހަށް ފުލުހުން ވަދެއްޖެ

މާފުށީ ކައުންސިލުގެ ރައީސް ހައްޔަރުކޮށްފި- އިބޫގެ އޮފީހަށް ފުލުހުން ވަދެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

މާފުށީ ކައުންސިލުގެ ރައީސް ދާދި ދެންމެއަކު ހައްޔަރުކޮށްފިއެވެ. ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު ރިޒާއަށް ބިރުދެއްކި ކަމުގެ ތުހުމަތުގައެވެ.

ފުލުހުން ބުނެފައިވަނީ ސޯލްޓް ކެފޭގައި ހުންނަ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެންޕޭނު އޮފީހަށް ފުލުހުން ވަދެފައިވަނީ އެތަނުގައި ހިންގަމުން ގެންދާ ޤާނޫނާ ޚިލާފް ކަންތައްތަކެއް ހުއްޓުވުމަށް ކަމަށެވެ. އެއީ ކޮން ކަންތައްތަކެއްކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސޯލްޓް ކެފޭ ސަރަހައްދު މިހާރު ވަނީ ކޯޑްންކޮށް އެސަރަހައްދަށް ނުވަދެވޭ ގޮތް ހަދައިފައެވެ.

ރާއްޖެ ޓީވީން ދެންމެ ބުނީ އިމާރާތުގެ 5 ވަނަ ބުރިއަށް ފުލުހުން ވަނުމަށްފަހު މިވަގުތު ވަނީ ބޭރަށް ނުކުމެފައި ކަމަށެވެ. އަދި މިހައިތަނަށް ބަލައި ފާސްކުރުމުގެ އެއްވެސް ޙަރަކާތެއް އަދި ކުރިއަށް ނުގެންދާ ކަމަށެވެ.

ފުލުހުން އެތަނުގައި ހަރަކާތްތައް ކުރިއަށް ގެންދާއިރު އިބޫ އާއި އިސްވެރިން މިވަގުތު ބައިވެރިވެވަދައިގަންނަވަމުން ގެންދަވަނީ ތާއީދު ހޯދަން މާލޭގައި ހޯދާ ޕެރޭޑޭއްގައެވެ.

އިތުރު މައުލޫމާތު އަންނަނީ‍...



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު