އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އީސީ ގެ ސާވާ ހުއްޓުވުމަށް ހަމަލާ ދޭކަކަމަށް އެ ކޮމިޝަނުން ބުނެފި

އީސީ ގެ ސާވާ ހުއްޓުވުމަށް ހަމަލާ ދޭކަކަމަށް އެ ކޮމިޝަނުން ބުނެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސާވާ ހުއްޓުވުމަށް ދުވާލަކު 280،000 އަށް ވުރެއް ގިން ހަމަލާ ދެމުންދާކަމަށް އެކޮމިޝަނުން ބުނެފިއެވެ.

މިމައުލޫމާތު ހާމަކޮށްފައި ވަނީ މާދަމާ ބައްވާ ރިޔާސީ އިންތިހާބާއި ގުޅިގެން އެ ކޮމިށަނުން މިއަދު ބޭއްވި އެންމެ ފަހު ނޫސްވެރިންގެ ބައްދަޅުވުމުގައި އެވެ.

އެ ބައްދަލުވުމުގައި އީސީގެ ރައީށް އަޙްމަދު ޝަރީފު ވިދާޅުވީ ކޮންމެ ދުވަހަކު ސާވާ އަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތައް ދީފައިވަނީ ސިންގަޕޫރާއި ލަންކާގެ އައިޕީތަކަށް ކަމަށާއި ރާއްޖޭގެ އައިޕީތަކަށް ދީފައިފައި ވަނީ މަދު ހަމަލާއެއް ކަމަށެވެ.

ވެރިކަން ކުރާޕާޓީ (ޕީޕީއެމް) އަށް ނިސްބަތްވާ ބަޔަކު ސާވާ އަށް ވަދެވޭކަކުމުގެ ޙަބަރު ޝަރީފު ވަނީ ދޮގު ކޮށްފައި އެވެ. މިކަމާގުޅޭގޮތުން ޝަރީފު ވިދާޅުވީ، އީސީ ގެ ބޭރު ފަރުދުންނަށާއި ދައި އެއްވެސް ޕާޓީއެއް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް އީސީގެ ސާވާ އަށް ނުވަދެވޭނެކަމަށް ޔަގީންކަން ދެއްވިއެވެ. އޭގެ އިތުރުން ރާއްޖޭގެ އީގަވަރުމަޓް ނިޒާމް ބަލަހައްޓާ ނެޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަށް ކޮމިޝަންގެ ސާވާ ރޫމް ތެރެއަށް ނުވަދެވޭނެ ކަމަގެ ޔަގީންކަން ވެސް އެނާ ދެއްވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް