އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަމުނަމާދު ކުރާނެ ގޮތް: ހަމަ ވަރަށް ފަސޭހައިން ކުރެވިދާނެ!

ދަމުނަމާދު ކުރާނެ ގޮތް: ހަމަ ވަރަށް ފަސޭހައިން ކުރެވިދާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

ދަމު ނަމާދުކުރުމަކީ ހަމަ ވަރަށް ފަސޭހައިން ކުރެވެން އޮތްކަމެކެވެ. ހަމަ އެންމެ 3 ރަކްޢަތުންވެސް ކޮށްލެވިދާނެއެވެ. އޮތީ ހަމަ ކުޑަ ހިއްވަރެއްކޮށްލުމެވެ.

الحمد لله, والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد

ދަމު ނަމާދުކުރާނީ ދެ ރަކްއަތުން ދެ ރަކްއަތުން ނުވަތަ ހަތަރު ރަކްޢަތުން ހަތަރު ރަކްޢަތުން ސަލާމްދެމުންނެވެ. އިބްން ާުމަރު (ރޢ) ގެ އަރިހުން ރިވާވެގެންވެއެވެ. މީހަކު ރަސޫލާ (ޞޢވ)ގެ އަރިއަހުގައި ރޭ އަޅުކަން ކުރާނީ ކިހިނެއްތޯ ދެންނެވުމުނއ ޙަދީޘް ކުރެއްވެވިއެވެ.

(صَلَاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى) البخاري ومسلم

މާނައަކީ "ރޭއަޅުކަން ވަނީ 2 ރަކްޢތުން 2 ރަކްޢަތުންނެވެ. (2 ރަކްޢަތް ކޮށްފައި ސަލާމްދީފައި އަނެއް 2 ރަކްޢަތެވެ.) އަދި ފަތިސްވެދާނެކަމުގެ ބިރު ހީވެއްޖެނަމަ އިސްވެދިއަ ރަކްޢަތްތަކަށް ވިތުރީގެ 1 ރަކްޢަތް ކުރާށެވެ."

ދަމުނަމާދުގެ އެންމެ ގިނަ މިންވަރަކީ 8 ރަކްޢަތެވެ. ވިތުރި އާއިއެކުގައި 11 ރަކްޢަތެވެ. ދަމުނަމާދުގެ 8 ރަކްޢަތް ހަމަވުމުން 3 ރަކްޢަތުން ވިތުރި ކުރުމުން ނިމުނީއެވެ. ނުވަތަ ދަމު ނަމާދުގައި 10 ރަކްޢަތްކޮށް ވިތުރިގެ 1 ރަކްޢަތް ކުރާނީއެވެ. ދަމު ނަމާދުގެ މަދުމިނަކީ 2 ރަކްޢަތެވެ. ވިތުރިގެ 1 ރަކްޢަތެވެ.

عائشة رضي الله عنها ވިދާޅުވިކަމަށް ޞަޙީޙް ބުޚާރީގައި ވެއެވެ.

مَا كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَزِيدُ فِي رَمَضَانَ وَلَا فِي غَيْرِهِ عَلَى إِحْدَى عَشْرَةَ رَكْعَةً

މާނަ އަކީ އިތުރު އެކަލޭގެފާނު ރަމަޟާން މަހުގައިވެސް އަދި އެނޫން މައްސަރެއްގައިވެސް 11 ރަކްޢަތަށްވުރެ އިތުރެއް ނުކުރައްވަވައެވެ.

އެގޮތުން ދަމުނަމާދުގައި ކުރާނީ 2،4،6،8 ރަކްޢަތެވެ. އެމީހަކަށް ދަތިކަމަކާއި ނުލައި ދާއިމުވެ ކުރެވޭ އަދަދެއްގައި ހިފުމަކީ އެންމެ ރަނގަޅު ގޮތެކެވެ. އަދި ބައެއް ރޭރޭ މަދުން، އަނެއްބައި ރޭރޭ ގިނައިން ކުރުމަކީ މައްސަލައެއްނޫނެވެ. އިސްވެދިއަ ޢައިޝާ (ރޢ) ގެ ރިވާޔަތުގައިވެއެވެ. އިތުރު އެކަލޭގެފާނު 4 ރަކްޢަތުން 4 ރަކްޢަތުން 2 ފަހަރު ސަލާމްދެއްވައި 3 ރަކްޢަތުން ވިތުރި ކުރެއްވިއެވެ.

ދަމުނަމާދުގައި އެދެވިގެންވާ ގޮތަކީ ވީހައި ދިގުކޮށް ޤްރްއާން ކިޔަވައި ޤިޔާމާއި ރުކޫޢާއި ސަޖިދަ ދިގުކުރުމެވެ. ރަކްޢަތްތަކުގެ އަދަދު އިތުރުކުރުމެއް ނޫނެވެ. ދަމުނަމާދުގައި މިހުރިހާ ގޮތެއްވެސް ތަނަވަސްވެގެންވެއެވެ.

ދަމުނަމާދުކުރުން އެންމެ އަޢުލާވެގެންވާ ވަގުތަކީ މީހުން ނިދާފައިތިބޭ ވަގުތެވެ. އެއީ ރޭގަނޑުގެ 3 ބައިކޮށްފައި 3 ވަނަބައި ފެށިގެން ފަތިސްވަންދެންނެވެ. އެހެން އިބާރާތަކުންނަމަ އެވަގުތަކީ ހާރުދަމެވެ. ދަމުނަމާދުކުރުމަށްޓަކައި ނިދުމަކީ ލާޒިމުކަމެއް ނޫނެވެ. ނަމަވެސް ނިދާފައި ހޭލައި ނަމާދުކުރުމަކީ މީހާ ތާޒާވެ މުރާލިވާނެ ކަމެކެވެ. ވީމާ އެހެން ކުރެވެން އޮތްނަމަ އެގޮތް އައުލާކަން ބޮޑެވެ. އެކަމަކު ރޭގަނޑު ހޭލައި ހުންނަޖެހޭ މީހަކު ނުނިދައި ނުނިދައި ނަމާދުކުރުމަކީ މައްސަލައެއް ނޫނެވެ.

ދަމުނަމާދުގައި ކޔަވަން ވަކި ޚާއްޞަ ސޫރަތެއް ނެތެވެ. والله أعلم

-ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟްގެ މިބަސްފުޅުތަކުން އެނގެނީ ދަމު ނަމާދުގެ 2 ރަކްޢަތާއި ވިތުރިގެ 1 ރަކްޢަތް ކުރި ނަމަވެސް ފުދޭނެ ކަމެވެ. ދިގުކުރުން ލާޒިމު ވަކިމިނެއް ވެސް ނެތްކަމެވެ. އިތުރު ސަވާބު ހޯދަން ބޭނުންވާ މީހާ އެމީހަކު ބޭނުންވާ ވަރަކަށް އިތުރުކުރުމުގެ ފުރުޞަތު އެބައޮތްކަމެވެ.
:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް