އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިބޫގެ ކާމިޔާބީ ސަޕޯޓަރުން މަގުތަކުގައި ފާހަގަ ކުރަނީ

އިބޫގެ ކާމިޔާބީ ސަޕޯޓަރުން މަގުތަކުގައި ފާހަގަ ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު

ރިޔާސީ އިންތިހާބު 2018 އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙު ކާމިޔާބު ކުރެއްވުމާއި ގުޅިގެން، އިދިކޮޅު ސަޕޯޓަރުން އުފާ ފާޅު ކުރުމަށް މަގުމައްޗަށް ނިކުމެއްޖެއެވެ.

މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި ވާދަ ކުރައްވާ، ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަނުންނެވެ.

އިބޫ އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް އަށް ގިނަ އަދަދެއްގެ ރައްޔިތުން ސޯޝަލް މީޑީއާގައި ވެސް މަރުހަބާ ކިޔާފައިވާއިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ އެކި ރަށްރަކުގައި ވެސް މިހާރު ދަނީ މަގުތަކަށް ނިކުމެ އުފާ ފާޅު ކުރަމުންނެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބު އިބޫ ކާމިޔާބު ކޮށްފައިވަނީ އެއްލައްކައަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އިންތިހާބު ކާމިޔާބު ކުރެއްވިއިރު އެމަނިކުފާނުގެ ކޯލިޝަންގައި އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އަދި ރައީސް މައުމޫން އަށް ތާއީދު ކުރައްވާ ބޭފުޅުން ވެސް ހިމެނެއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ