އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެމަފިރިން ވަކިވުމަކީ ދަރިންނަށް ލިބޭ ފައިދާއަކަށްވެސް ވެދާނެ: ޝައިޚް ޝާފިޢު

ދެމަފިރިން ވަކިވުމަކީ ދަރިންނަށް ލިބޭ ފައިދާއަކަށްވެސް ވެދާނެ: ޝައިޚް ޝާފިޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ސުވާލު: ދެމަފިރިން ވަކިވެއްޖެ ނަމަ ދަރިންނަށް ކިހާ އަސަރެއް ކުރާނެތޯ؟
-
ޝައްކެއް ވެސް ނެތް ގޮތުގައި ދެމަފިރިން ވަކިވުމަކީ އެކަމުގެ އަސަރު ކުދިންނަށް ކުރާނެކަމެކެވެ. އަދި އެއީ ކުދިންގެ ތަރުބިއްޔަތަށް އެކަމުގެ ސަބަބުން ހުރަސް އެޅޭނެ ކަމެކެވެ. އެކަމަކު ދަރިންނަށް އަދާ ކޮށްދޭން ޖެހޭ ހައްގުތައް އަދާ ކޮށްނުދޭ ފިރިއެއް ނުވަތަ އަންބެއް، ނުވަތަ ދަރިންނާ އެއްގޮތަކަށްވެސް އަޅާނުލާ އަންބި/ ފިރިމީހާ، ނުބައި އަޚްލާގެއްގެ ސަބަބުން ދަރިންނަށް އެބައެއްގެ ފަރާތުން ނޭދެވޭ އަސަރުކުރާ މައިންބަފައިންގެ ކިބައިން ދަރިން ސަލާމަތްކޮށް އެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތު ލިބުމަށް މެދުވެރިވާ ސަބަބަކަށް ވެސް ދެމަފިރިން ވަރިވުން ވެސް ވެދާނެއެވެ. އެކަން ބިނާ ވެފައި އޮންނަނީ ވަރި ވާން ޖެހޭ ސަބަބުގެ މައްޗަށެވެ. އެހެންވީމަ ކޮންމެ ވަކިވުމަކީ އެއީ ދަރިންނަށް ނުބައި އަސަރު ކުރާނެ ކަމެއް ނޫންނެވެ.

ދެމަފިރިން ވަކިވުމަށް ފަހު ވެސް ދަރިން ބެލުމުގައި ބައްޕަ އާއި މަންމަ ހިއްސާ ވާން ޖެހޭނެ އެވެ. ދަރިފުޅު ކޮންމެ މީހެއް ކައިރީ ހުރިނަމަވެސް ދަރިފުޅަށް ލޯބި ދިނުމާއި ދަރިފުޅު ބަލިވީމަ ބޭސް ކުރުމަކީ ދަރިފުޅަށް ދީނުގެ އަގީދާ އުނގަނނައިދީ ރިވެތި އަދަބު އަޚްލާގު ދަސްކޮށްދީ ދަރިފުޅަށް ހެޔޮ މަގުގައި ބަހައްޓާ ހެދުމަކީ ދެމީހުންގެ ވެސް ޒިންމާއެކެވެ. އަދި ދަރިފުޅުގެ މައްޗަށް ޚަރަދު ކުރުމަކީ ދަރިފުޅުގެ ބައްޕަގެ ޒިންމާއެކެވެ. އަދި އެކަމުގައި އެކަކު އަނެކަކަށް އެހީތެރި ވުމަކީ ދީން ބާރު އަޅާކަމެކެވެ. ދަރިންނާ މެދު އިހުމާލުވާ ބައްޕައިންނާއި މައިންނަށް އެކަމާ ބެހޭ ގޮތުން ޤިޔާމަތް ދުވަހު ސުވާލު ވެވޭ ހުއްޓެވެ. އަދި އެކަމުގެ އަޒާބު ޤިޔާމަތް ދުވަހު އެމީހުން ދެކޭނެ އެވެ.
--ޝެއިޚްޝާފިއު

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް