އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ މޫނުފުޅު ދެކެން ބޭނުންތަ؟ - ފަތިސް ނަމާދު މުހިންމުވާ 13 ސަބަބު!

ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ މޫނުފުޅު ދެކެން ބޭނުންތަ؟ - ފަތިސް ނަމާދު މުހިންމުވާ 13 ސަބަބު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 46 ސިކުންތު

ފަތިސް ނަމާދުގެ މުހިންމުކަން-

1. މުނާފިގުންނަށް އެންމެ ބުރަ ދެ ނަމާދުގެ ތެރެއިން އެއް ނަމާދު (ބުޚާރި އަދި މުސްލިމް)
2. މުއްމިނުންނާ މުންފިގުން ވަކިވާ ނަމާދެއް (ބުޚާރި އަދި މުސްލިމް)
3. އަންދިރީގައި ހިނގާފައިދާ ނަމާދެކެވެ، ޤިޔާމަތް ދުވަހު ފުރިހަމަ ނޫރު ލިބޭނެ އެވެ. ( އަބޫ ދާވޫދު ތަރިރުމިޞީ، އަލްބަނީ ސައިދް ސައްހީހް)
4. އެ ނަމާދު ކުރާ މީހާ ﷲގެ ޒިންމާގެ ދަށުގައި (ޚާއްސަ ރައްކާތެރި ކަމުގެ ދަށުގައި) މުޅި އެ ދުވަހުގައި ވާ ނަމާދެއް (މުސްލިމް)
5. އެ ނަމާދު ކުރާ މީހާގެ ޢަމަލުތަކުގެ ފަތުގައި ދެފަހަރު ލިޔެވިގެންދާ ނަމާދެކެވެ، އެއީ މަލާއިކަތުންގެ ޑިއުޓީ ބަދަލުވާ ގަޑިއެވެ. (ބުޚާރި އަދި މުސްލިމް)
6. އެ ނަމާދުގެ އިހު ސުންނަތް އެކަނި ވެސް ދުނިޔެއާއި ދުނިޔޭގައިވާ އެއްޗަކަށްވުރެއް ހެޔޮކަން ބޮޑުވެގެންވާ ނަމާދެކެވެ. މިއީ އަދި ސުންނަތެވެ، އެހެންވީމަ ފަރުލު ނަމާދު ކިހާވަރެއް ވާނެ ހެއްޔެވެ؟ (މުސްލިމް)
7. އެ ނަމާދު ޖަމަޢަތުގައި ކޮށްފި މީހާ މުޅި ރޭ އަޅުކަން ކުރި ފަދަ ބޮޑު ދަރުމައާއި ސަވާބު ލިބޭ ނަމާދެއް (މުސްލިމް)
8. އެ ނަމާދު ކުރި ތަނުގައި އިރު އަރަންދެން ޒިކުރުކުރަން އިނުމުގެ ސަވާބު ހައްޖާއި އުމަރާ ގެ އަޅުކަން އަދާކުރުން ފަދައެވެ.(ތިރުމިޞީ، އަލްބަނީ ސައިދް ސައްހީހް)
9. އެ ނަމާދަށް ރައްކާތެރިވާ މީހާ އަށް ޤިޔާމަތް ދުވަހު ﷲގެ މޫނުފުޅު ފެންނާނެކަމުގެ އުފާވެރި ކަމުގެ ޚަބަރު މާތް ނަބިއްޔާ ސައްލައްﷲ ޢަލައިހް ވަސައްލަމް ދެއްވާފައިވާ ނަމަދެެކެވެ. (މުސްލިމް)
10. އެ ނަމާދު ﷲގެ އަޟްރްތުގައި އެ ނަމާދު ކުރި މީހާގެ މައްޗައް ހެކިވާ ނަމާދެކެވެ. (އަލް އިސްރާ 78)
11. އެ ނަމާދުގެ ސަބަބުން އަޅާ ސުވަރުގެ އަށް ވަދެގެންދާ ނަމާދެކެވެ. (ބުޚާރި އަދި މުސްލިމް)
12. އެނަމާދުގެ ސަބަބުން އަޅާ ނަރަކައިން ސަލާމަތް ކުރުވާނެ ކަމެކެވެ. (މުސްލިމް)
13. އެ ނަމާދުގެ ސަވާބުގެ ބޮޑުކަން އެނގޭނަމަ ފިރުކިފައި ވެސް އެނަމާދަށް އަންނާނެ ނަމާދެކެވެ. (ބުޚާރި އަދި މުސްލިމް)

--ޝެއިޚް ޝާފިއު

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް