އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައްޔިތުން ނުކުމެ ރައީސް ޔާމީންގެ ސަރުކާރު ސައިޒުކޮށްލުމުން ބަލި ޤަބޫލުކުރާކަން ދުނިޔެއަށް އަންގައިފި

ރައްޔިތުން ނުކުމެ ރައީސް ޔާމީންގެ ސަރުކާރު ސައިޒުކޮށްލުމުން ބަލި ޤަބޫލުކުރާކަން ދުނިޔެއަށް އަންގައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 52 ސިކުންތު


އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނުކުމެ ރައީސް ޔާމީންގެ ސަރުކާރު ސައިޒުކޮށްލުމުން ބަލި ޤަބޫލުކުރާކަން ދުނިޔެއަށް އަންގައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވޓެއްގައި ބުނެފައިވަނީ އިބްރާހީމް މުޙައްމަދު ރައީސް 134،616 ވޯޓު ހޯދަވައި އިންތިޚާބު ކާމިޔާބު ކުރައްވައިފި ކަމަށެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ވޯޓާއި ވޯޓު ކާމިޔާބު ކުރެއްވީ ކިހައި ވަރެއްގެ ބޮޑު ތަފާތަކުންކަން ބުނަން ވަނީ ލަދުން ނުކުޅެދިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައިވަނީ 134،616 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވަނީ 96،132 ވޯޓެވެ. އެހެންކަމުން މިއީ 38،484 ވޯޓުގެ ބިޔަ ތަފާތެކެވެ.

ދިވެހިސަރުކާރުގެ ފޮރިން މިނިސްޓްރީން ކުރި މިޓްވީޓުން ފުދެއެވެ. މީޑިއާގެ ސަމާލުކަން ހޯދައި އަދިވެސް މަޝްހޫރުވެލެވޭތޯ ބަލަން ފަހަރަކު މީހަކު މާމޮޅު ވާހަކަތައް ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށް ކޯލިޝަނުގެ ސަޕޯޓަރުން ޤަބޫލެއް ނުކުރެއެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް