އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިއްޔެ ދިވެހި ރައްޔިތުން ނިންމަވާފައިވާ ގޮތް އަޅުގަނޑު ޤަބޫލުކޮށްފިން- ރައީސުލްޖުމްހޫރިއްޔާ

އިއްޔެ ދިވެހި ރައްޔިތުން ނިންމަވާފައިވާ ގޮތް އަޅުގަނޑު ޤަބޫލުކޮށްފިން- ރައީސުލްޖުމްހޫރިއްޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އިއްޔެ ކުރިއަށްދިޔަ ރިޔާސީ އިންތިޚާބު 2018ގައި ރައްޔިތުން ނިންމަވާފައިވާ ގޮތް ޤަބޫލުފުޅުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު މެންދުރު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ނޮވެންބަރު 17 ވަނަ ދުވަހާ ހަމައަށް އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައިކަން ފާހަގަކުރެއްވިއެވެ. މިމުއްދަތުގެ ތެރޭގައި ރައްޔިތުންނަށް އުނދަގޫވާފަދަ ގޮތަކަށް މަސައްކަތް ނުކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނިމިގެންދިޔަ ފަސްއަހަރު ހާސިލުކުރެއްވުނު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ އެމަނިކުފާނަށް ތާއީދުކުރައްވައި ވޯޓު ދެއްވި އެންމެހާ ފަރާތްތަކަށާއި އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ އިޤްތިޞާދީ ގޮތުން ޤައުމު ވަރުގަދަކުރައްވަންކަމުގައެވެ. އަދި ކުރިއަށް އޮތްތާގައިވެސް އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރިޔާސީ އިންތިޚާބު 2018 ކާމިޔާބު ކުރެއްވި އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި މަރުޚަބާ ވިދާޅުވެފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ޤައުމަށްޓަކައި އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތް އެގޮތުގައި ކުރިއަށް ގެންދެވުމަށް އެދިވަޑައިގެންނެވި ކަމުގައިވެސް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު