އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲއަށް ޝަރީކު ކުރާ މަންޒަރު ބެލުން ހުއްދައެއް ނޫން!: ޝައިޚް ޝާފިޢު

ﷲއަށް ޝަރީކު ކުރާ މަންޒަރު ބެލުން ހުއްދައެއް ނޫން!: ޝައިޚް ޝާފިޢު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ޓީވީ އިން މިދައްކާ ހިންދީ ޑްރާމާ ސީރީސްތައް ބެލުމަކީ ހުއްދަ ކަމެއްތޯ؟
--
ޖަވާބު:
ޑްރާމާ ބެލުމަކީ އޭގެ ޒާތުގައި ހަރާމް ކަމަކަށް ނުވިޔަސް، ޑްރާމާގެ ސަބަބުން ދީނީ ކަންތައްތަކަށް ޚާސަކޮށް ދީނީ ވާޖިބުތައްކަށް ފަރުވާކުޑަ ކުރެވި ސުންނަތް ކަންކަމަށް ބުރުއަރާ ތިމާގެ މަސްއޫލިއްޔަތު ތަކަށް ބުރު އަރާ، ބަލަން ހުއްދަ ނޫން މަންޒަރުތައް މިސާލަކަށް ﷲ އަށް ޝަރީކު ކުރާ މަންޒަރު، ހިލޭ ފިރިހެނުންނާއި ހިލޭ އަންހެނުން ގާތް ގޯޅިވެ އުޅޭ މަންޒަރު ފަދަމަންޒަރުތަ ބެލުމާއި، އޭގައި ﷲ ހަރާމް ކުރެއްވި މިއުޒިކު ހިމެނިގެން ވުމާ،

ޑްރާމާ ތަކުގެ ސަބަބުން އިސްލާމީ ރިވެތި އާދަތަކާއި ސަގާފަތުގެ ބަދަލުގައި އެހެނިހެން ދީން ތަކުގެ އާދަ ކާދައާއި ސަގާފަތް ރީތިވެ އެއަށް ިހުތިރާމް ކުރެވި، މުޖުތަމައު ތެރޭގައި އެތަކެތި ނަކަލުކޮށް ފެތުރި، އެމީހުން ހެދުން އަޅާ ފެޝަން ރިތި ކަމަށް ދެކި ކޮޕީކޮށް އަދި އެ ބެލުމުގައި އާގަޔާއި ޚިލާފަށް ވަގުތު ހޭދަކޮށް އެކަމުގެ ސަބަބުން މި ކުރު ދުނިޔެވީ ހަޔާތުގެ ވަރަށް ގިނަ ވަގުތުތައް ބޭކާރުވެގެން ދާތީ ހެޔޮ ކަންކަން ކުރާނެ ވަގުތު ނުލިބޭތީ،

އަދި އެކަމަށް އާދަވެ ބައެއް ފަހަރަށް ރޭގަނޑު ޑްރާމާ ބެލުމުގައި ހޭދަކޮށް ލަހުން ނިދުމުގެ ސަބަބުން ފަތިސް ނަމާދަށް ނުހޭލެވޭތީ- މިފަދަ ހާލަތް ތަކުގައި ޑްރާމާ ބެލުމަކީ ހުއްދަ ވެގެން ވާ ކަމެއް ނޫން ކަމަށް ޢިލްމުވެރިން ވިދާޅުވޭ. ވަﷲ ވަޢްލަމް

--ޝެއިޚް ޝާފިއު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް