އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގައުމު ދޫކޮށް ދިއުމަށް މަޖުބޫރުވީ އަހަރެންގެ އަނބިމީހާއާއި ދަރިފުޅަށް މަރުގެ އިންޒާރު ދިނުމުން: މާނިއު

ގައުމު ދޫކޮށް ދިއުމަށް މަޖުބޫރުވީ އަހަރެންގެ އަނބިމީހާއާއި ދަރިފުޅަށް މަރުގެ އިންޒާރު ދިނުމުން: މާނިއު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ރާއްޖޭގައި ހިންގަމުން ދިޔަ މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށާއި ފުލުހުންގެ މައްސަލަތައް ބަލަން އުޅުމުން އަނބިމީހާއަށާއި އެއް އަހަރުގެ ތުއްތު އަންހެން ދަރިފުޅު މަރާލުމުގެ އިންޒާރު ދިނުމުން ގައުމު ދޫކޮށްދިއުމަށް މަޖުބޫރުވި ކަމަށް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު ވިދާޅުވެއްޖެ އެވެ.

މާނިއު މިއަދު ކުރެއްވި ޓްވީޓުގައި ރައީސް ޔާމީނު މާތް ﷲ ގެ ނަމުގައި އިތުރަށް ދޮގުފުޅު ނުހެދުމަށް ގޮވާލާފައި ވެއެވެ. އަދި ފުލުހުންގެ އެ މައްސަލަތައް ބަލަން ފެށުމުން އެކަން ހުއްޓުވި ކަމަށާއި، ފުލުހުންނަށް ބަލައިގެން އުޅުމަށާ އޭނާއަށް ވެސް އެ ހާލަތު ކުރިމަތި ވެދާނެކަމަށް ރައީސް ޔާމީން އޭނާއާ ސީދާ ވިދާޅުވިކަމަށް ބުނެފައި ވެއެވެ.

އެގޮތުން އޭނާގެ އަންބާއި ތުއްތު ދަރިފުޅު މަރާލާނެކަމުގެ އިންޒާރު އެޅުމުން، އޭނާ ގައުމު ދޫކޮށް ދިއުމަށް މަޖުބޫރު ކޮށްފައި ވާކަމަށް އެ ޓްވީޓުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން މާނިއު ވަނީ މިނިވަން މުއައްސަސާތަކުގައި ތިއްބެވި މެންބަރުންގެ ތެރެއިން އެބޭފުޅެއްގެ މައަސޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކޮށްފައި ނުވާ މެންބަރުން އިތްތިއުފާ ދެއްވައި ރައްޔިތުންނަށް މާފައް އެދުމަށް ގޮވާލާފައިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް