އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޔާޒް ކޯޓަށް ހާޒިރު ކޮށްފި، ނަދީމު ވެސް ހާޒިރު ކުރަނީ

ރިޔާޒް ކޯޓަށް ހާޒިރު ކޮށްފި، ނަދީމު ވެސް ހާޒިރު ކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޖަލު ބަންދުން މިނިވަން ކުރުމަށް އެދި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފިއެވެ.

މިމައްސަލަ ބަލައި ގޮތެއް ނިންމެވުމަށް އެމަނިކުފާނުގެ ވަކީލުން އެދުމުން، ކޯޓަށް ހާޒިރު ކޮށްފައިވަނީ މިއަދު މެންދުރުފަހު 15:30 ގައެވެ.

އަބްދުﷲ ރިޔާޒުގެ ހަތަރު މަހާއި 24 ދުވަހަށް ބަންދުގައި ބަހައްޓަން ހުކުމް ކޮށްފައިވާއިރު މިމަހުގެ 15 ވަނަ ދުވަހު އެހުކުމް ވަނީ ތަންފީޒުކޮށް ނިމިފައެވެ.

އަބްދުﷲ ރިޔާޒް ގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމްގެ ވެސް މިނިވަން ކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވެއެވެ. އެމަނިކުފާނު ކޯޓަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 17:00 ގައެވެ.

ނަދީމްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެ އެމްޕީ ފާރިސް މައުމޫން އެންގެވި އެންގުންތަކާ އެއްގޮތަށް ނަދީމް އަމަލު ކޮށްފައިވާ ކަމަށް ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ