އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރިޔާސީއިންތިހާބު ކުރިއަށް ދިޔައީ މިނިވަން ކަމާއި އިންސާފު ވެރިކަމާއި އެކު: އެޗްއާރުސީއެމް

ރިޔާސީއިންތިހާބު ކުރިއަށް ދިޔައީ މިނިވަން ކަމާއި އިންސާފު ވެރިކަމާއި އެކު: އެޗްއާރުސީއެމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަކު ހޮވުމަށް ކަންކަން ކުރިޔަށް ދިޔައީ މިނިވަން ކަމާއި އިންސާފުވެރިކަމާއި އެކު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިއްޔެ ބޭއްވިގެން ދިޔަ އިންތިޚާބުގައި ވޯޓުލުމުގެ ފުރިހަމަ ހައްގު ލިބޭތޯ ޔަގީން ކުރުމަށް ރާއްޖޭގެ 15 ސަރަހައްދުގައި އެޗްއާރުސީއެމްގެ އޮބްޒާވަރުން ހަރަކާތްތެރު ވެފައިވާ ކަމަށެވެ. އަދި އެ އޮބްޒަވޭޝަން ތަކުގައި ގާނޫނާއު ހިލާފަށް އެއްވެއް މީހެއްގެ ވޯތުލުމުގެ ހައްގު ނުވަތަ ނަތީޖާއަށް އަސަރުކުރާފަދަ އެއްވެއް ކަމެއް ހިންގާފައި ނުވާކަމަށް ބުނެފައިވެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ ބައެއް ވޯޓުލުުމަށް ނުކުމެފައިވާކަމަށް އެޗްއާރިޗިއެމް އިން ފާހަގަކުރަށްް ވާފައި ވެއެވެ. ނަމަވެސް ވޯޓުލުމަށްޓަކައި ގިނަ ވަގިތުތަކެއް ކިގައި މަޑުކުރަން ޖެހުމުން އިންތިހާބުގެ އިދާރީ އިންތިޒާމުތައް ހަރުދަނާ ކުރަން ޖެހޭކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މި އިންތިހާބުގައި ފެނިގެން ދިޔަ ގައުމީ ރޫހާއި ސުލްހަ މަސްލަސްކަން ކުރިއަށް އޮތް ތަނުގައި ހަމަ އެފަދައިން ގައުމުގެ ސުލްހަ މަސްކަސްކަން ދެމެހެއްޓެވުމަށް އެޗްއާރުސީއެމުން އިލްތިމާސް ކުރައްވާފަވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް