އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޓީ އިންވެސް އިބޫ އަށް މަރުހަބާ ކިޔައިފި

މަޓީ އިންވެސް އިބޫ އަށް މަރުހަބާ ކިޔައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިން މުހައްމަދު ސޯލިހް އަށް މަރުހަބާ ކިޔާފިއެވެ.

ރިޔާސީ އިންތިހާބުގައި އިބޫގެ ކާމިޔާބާއި ގުޅިގެން އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި އިބޫ އާއި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމްގެ ވެރިކަމުގައި ރާއްޖެއަށް އިތުރު ކުރިއެރުން ތަކެއް ލިބިގެން ދާނެކަމަށް އުންމީދު ކުރާކަމަށް ބުނެފައި ވެއެވެ. އަދި އާ ސަރުކާރާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަށް ގެނެެއުމަށް މަސައްކަތް ކުރުމަށް ތައްޔާރުމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މަޓީ އަކީ ޓޫރިޒަމް ދާއިރާގައި ހަރަކާތް ތެރިވާ އެންމެ އިސް ބޮޑެތި ވިޔަފރިވެރިން ހަރަކާތް ތެރިވާ ޖަމިއްޔާއެކެވެ.

އެ ޖަމިއްޔާގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ބޯޑު މެމްބަރު ޗަމްޕާ ހުސެއިން އަފީފު، ކެމްޕެއިން ތަކުގެ ތެރޭގައި ރައީށް އަބްދުﷲ ޔާމީން ދިފާއުކުރަށްވާ އަދި އެމަނިކުފާނައް ތައުރީފުކުރަށްވާ ޕީއެސްއެމް ގެ ޕްރޮގްރާމެއްގައި ވާހަކަ ދެއްކެވުމުން، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒު ވެފައެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެކި ގައުމުތަކުންނާއި ޖަމިއްތާތކުން ދަނީ އިބޫއަށް މަރުހަބާ ކިޔަމުންނެވެ. އަދި ރައިސް ޔާމީން ވެސް ވަނީ ބަލި ގަބޫލު ކުރައްވައި، ރައްޔިތުން ނިންމި ނިންމުމަށް އިޙްތިރާމް ކުރާކަމަށް ވިދާޅުވެފައި އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް