އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަހްލޫފް އާއި ސިރާޖުގެ ބަންދުގެ މުއްދަތު ރިވިއު ކޮށްދިނުމަށް އެދިއްޖެ

މަހްލޫފް އާއި ސިރާޖުގެ ބަންދުގެ މުއްދަތު ރިވިއު ކޮށްދިނުމަށް އެދިއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޤާނޫނީ ވަކީލު މޫސާ ސިރާޖުގެ ބަންދުގެ މުއްދަތު ރިވިއުކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

އެދެބޭފުޅުންގެ ޤާނޫނީ ވަކީލު ނާޒިމް ސައްތާރު މިކަމާމެދު ވިދާޅުވީ މަހްލޫފާއި ސިރާޖުގެ ބަންދުގެ މުއްދަތު ރިވިއުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ މާފުށީ ޖަލު ކައިރީގައި މުޒާހަރާ ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާއަކާއި އޭނާ ކުރި ދެ ޓްވީޓެއްގެ މައްސަލައިގެ އިތުރުން މުޒާހަރާގެ ބައިވެރިންނަށް މާސްކު ބެހި މައްސަލައެއްގެ ދައުވާ އެކެވެ.

ސިރާޖުގެ މައްޗަށް ހަ ދުވަހުގެ ބަންދެއް ޖަހފައިވަނީ އަދީބު ނެރުއްވި ބަޔާންތަކާއި ގުޅިގެން އޭނާ ހައްޔަރު ކުރުމަށްފަހުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ