އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސީޕީ އަރީފު ވެސް މިނިވަން ކުރުމުގައި މިއަދު ގޮތެއް ނިންމަނީ

ސީޕީ އަރީފު ވެސް މިނިވަން ކުރުމުގައި މިއަދު ގޮތެއް ނިންމަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު މިނިވަން ކުރުމާމެދު ވެސް މިއަދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

ސީޕީ އަރީފްގެ ޤާނޫނީ ވަކީލު އިބްރާހިމް ރިއްފަތު ވިދާޅުވީ މިއަދު ހަވީރު 17:00 ގައި ސީޕީ އަރީފުގެ ބަންދާމެދު ގޮތެއް ނިންމުމަށް ޝަރީޢަތުގެ މަޖިލީހެއް ބާއްވަން ނިންމައި ކްރިމިނަލް ކޯޓުން އަންގާފައިވާ ކަމަށެވެ.

ކުރީގެ ސީޕީ އަރީފް ހައްޔަރު ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ނެރުމުގައި އެމަނިކުފާނުގެ ބައިވެރިވުން އޮތް ކަމަށް ބުނެއެވެ.

މިކަމާމެދު އަރީފް ވިދާޅުވެފައިވަނީ އެދައުވާއަކީ އެއްވެސް އަސްލެއް ނެތް ދައުވާއެއް ކަމަށާއި އެއީ އޭނާ ފްރޭމް ކުރުމަށް އޭނާއާއި ދެކޮޅަށް އުފައްދާފައިވާ އަސްލެއް ނެތް މައްސަލައެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް