އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝައިޚް އިމްރާން ބޭނުންފުޅުވަނީ އަނިޔާކުރީ ކުށެއް ކުރައްވައިގެންކަން ނުވަތަ ނޫންކަން ކަނޑައެޅިގެން މިނިވަންވެވަޑައިގަންނަވަން!

ޝައިޚް އިމްރާން ބޭނުންފުޅުވަނީ އަނިޔާކުރީ ކުށެއް ކުރައްވައިގެންކަން ނުވަތަ ނޫންކަން ކަނޑައެޅިގެން މިނިވަންވެވަޑައިގަންނަވަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ބޭނުންފުޅުވަނީ ރައީސް ޔާމީނުގެ ސަރުކާރުން އެމަނިކުފާނު ބަންދުކޮށް އަނިޔާކުރީ އެއްވެސް ކުށެއް ކުރައްވައިގެންކަން ނުވަތަ ނޫންކަން ޝަރުޢީ ކޯޓަކުން ނުވަތަ އެކަން ކަނޑައެޅުމުގެ ޤާނޫނީ ބާރު ލިބިގެންވާ މުއައްސަސާއަކުން ކަނޑައެޅުމުން މިނިވަންވެވަޑައިގަންނަވަން ކަމަށް އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅަކު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ޝައިޚް އިމްރާނުގެ މައްސަލައަށް އަތްޕުޅު ބާނުއްވައި އިންޞާފު ލިބިވަޑައިގަތުން ހުއްޓުވީ ޝައިޚް އިމްރާން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެކޯޓުގައި ތާވަލުވެސް ކޮށްފައި ވަނިކޮށް ކަމަށެވެ.

"ރަސްގެފާނަށް ފެނުނު ހުވަފެނެއް ތަޢްބީރު ކުރަން ރަސްގެފާނު ބޭނުންވީމާ 2 މީހުން ޖަލަށް ފޮނުވައި ޔޫސުފްގެފާނު މިނިވަންކުރިކަން އެންގި. ނަމަވެސް ޔޫސުފްގެފާނު އެކަން ޤަބޫލުފުޅެއް ނުކުރައްވާ. ވިދާޅުވީ ފުރަތަމަ ކަމަކަށް ތިމަންކަލޭގެފާނު ޖަލުގަ ބަނދުކުރީ އެއްވެސް ކުށެއް ކުރައްވައިގެންކަން ނުވަތަ ނޫންކަން ކަނޑައަޅައިދޭން. އަވަހަށް މިނިވަންވެވަޑައިގެން ޖަލުން ނުކުމެވަޑައިގަންނަވާކަށް ނޫން ބޭނުންފުޅުވީ.

އެގޮތަށް ކަންތައް ކުރެއްވީ ޖަލުގައި ބަންދު ކުރީ އެއްވެސް ކުށެއް ކުރައްވައިގެން ނޫން ކަމާއި ޙައްޤު ގޮތުގައި ހުންނަވަނިކޮށް ކަމުގެ ޔަޤީންކަން އޮތުމުން."

އޭނާ ވިދާޅުވީ ރައީސް ޔާމީނުގެ ވެރިކަން ނިމި ޝަރުޢީ ނިޒާމު ރައީސް ޔާމީނުގެ ދިގު އަތްޕުޅުގެދަށުން މިނިވަންވާން ދެން އޮތީ މަހަކާއި 17 ދުވަސް ކަމަށެވެ. 17 ނޮވެމްބަރުގައި ކޯޓުތައް މިނިވަންވުމުން އިންޞާފު ލިބެން ފަށާނެ ކަމަށާއި އެހެންކަމުން ފާއިތުވި 3 އަހަރު ބަންދުގައި ހުންނެވި ފަދައިން އަދި އިތުރު ،2 3 މަސް ދުވަހު ބަންދުގައި މަޑުކޮށްލައްވަން ޝައިޚް އިމްރާން ހުންނެވީ ތައްޔާރަށް ކަމަށާއި އެވެއްސް މީހެއްގެ ދީލަތިކަމުން މިނިވަނ ވެވަޑައިގަތުމަށް ބޭނުންފުޅުނުވާކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް