އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޯޓުން މިހާރު ހުކުމެއް އިއްވާފައިނުވާ ހުރިހާ ސިޔާސީ ހައްޔަރީން ކްރިމިނަލް ކޯޓުން މިނިވަންކޮށްފި.

ކޯޓުން މިހާރު ހުކުމެއް އިއްވާފައިނުވާ ހުރިހާ ސިޔާސީ ހައްޔަރީން ކްރިމިނަލް ކޯޓުން މިނިވަންކޮށްފި.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު

ކޯޓުން މިހާރު ހުކުމެއް އިއްވާފައިނުވާ ހުރިހާ ސިޔާސީ ހައްޔަރީން ކްރިމިނަލް ކޯޓުން މިނިވަންކޮށްފިއެވެ.

އެކޯޓޫން މިރޭ މިނިވަންކޮށްފައިވަނީ ކުރީގެ ސީޕީ އަހުމަދު އަރީފް، ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ އިލްހާމް އަހުމަދާއި އަބްދުﷲ ސިނާންގެ އިތުރުން ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްއެވެ.

މިބޭފުޅުންގެ އިތުރުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޟް ވެސް މިރޭ ވަނީ މިނިވަންކޮށްފައެވެ.

ރައީސް މައުމޫނާއި ފާރިޝް މައުމޫން އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު އާއި ފަނޑިޔާރު ޢަލީ ޙަމީދުގެ މައްސަލައިގައި މިރޭ ގޮތެއް ނިންމާފައެއް ނުވެއެވެ. އެ 4 ބޭފުޅުންގެ މައްސަލައިގައި ގޮތެއް ނިންމާފައި ނުވަނީ ހަމައެކޯޓުން ކުރި ޙުކުމެއްގެ ބަންދުގައި ތިއްބެވުމުންނެވެ. މާދަމާގެ ވަގުތެއްގައި ހައިކޯޓުން އެބޭފުޅުންގެ މައްޗަށް ގޮތެއް ނިންމާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު